ޚަބަރު

ދެ ރައީސުންގެ ބައްދަލުވުން: ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯދަން މަޝްވަރާކުރެވުނު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދު ތާއީދު ހޯއްދެވުމަށް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދު އުފައްދަވާފައިވާ ޑިމޮކްރެޓްސް ޕާޓީން ވަކި ކޮޅެއް ނުނެގިޔަސް، ރައީސް ޞާލިޙަށް ރައީސް ނަޝީދު ތާއީދުކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ބައްދަލުކުރައްވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ރައީސް ނަޝީދު ހުށަހަޅުއްވައި، މަޖިލީހުގައި އެ މަސައްކަތް ހިނގަމުން ދަނިކޮށެވެ.

އެގޮތުން މަޖިލީހުން ވަނީ އަންނަ މަހުގެ 30 ގައި ނިޒާމީ ވޯޓް ނަގަން ފާސްކޮށް، އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!