ޚަބަރު

ސަޢީދު ވިދާޅުވަނީ، ޗާގޯސް ކަނޑާއި މަލިކުން ވެސް ގޯތި ކަނޑައިފާނެ ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވިހި މީޓަރު ފުން ކަނޑުން އިންތިޚާބަށް ހަފްތާއަކަށް ވުމުން، ގޯތިކަނޑާބަޔަކު، އުތުރުތިލަފަޅުގެ އިތުރުން، ޗާގޯސްކަނޑާއި މަލިކުންވެސް ގޯތި ކަނޑާފާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ވެރިރަށް މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ގޯތި ދެއްވާނީ ކ. އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ރޭ  ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚޒޒބަށް ހަ ދުވަހަށް ވުމުން، ރައީސް މި ވައުދުވެވަޑައިގެންނެވީ، ރޭ އެމްޑީޕީން ”ސޯސަން ޖަގަހަ“ގައި ބޭއްވި ޖަލްސާގައެވެ.

‏މިކަމާ ގުޅިގެން، ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، އިންތިޚާބަށް ބާކީ އޮތް ފަސް ދުވަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބޮލީވުޑް ފިލްމަކަށް އެކްޓްކުރެއްވިޔަސް މީހަކު  ހައިރާން ނުވާނެ ކަމަށެވެ.

‏"ހިތްވަރެެއްހުރިއްޔާ އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލީހަށާއި ރައްޔިތުންނަށް ހާމަކުރައްވާ!" ސައީދު ގޮވައިލެއްވިއެވެ.

‏އޭނާ އިތުރަށް ވިދާޅުވީ، ހދ.ހަނިމާދުއާއި އައްޑޫ ސިޓީގައިވެސް މީހުން ދިރިއުޅޭ ކަމަށެވެ.

"ހާމަ ނުކޮށްގެން މިއުޅެނީ، ހަނިމާދޫއެއަރޕޯޓަށް (33+33އަހަރަށް) ވެފައިވާއެއްބަސްވުމާއި، ހަނިމާދޫ އެއަރޕޯޓްގެ (138މިލިއަންޑޮލަރު ދަރަނީގެ) އެއްބަސްވުން."

‏ޑޯނިއާއިން ބޭރު ސިފައިން އައިސްގޮސްއުޅޭއިރު، އިމިގްރޭޝަނަށް އެނގުމެއް ނުވުމާއި، އެތެރެކޮށް ބޭރުކުރާ އެއްޗެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގޭ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

 

Ads by Ooredoo
  1. ކޭންޔޫ

    ސަރުކާރުގެ ޔުޓިލިޓީ ކުންފުނި ފުނޑާލަން ނޫންތޭ އެއް އަގެއްގައި ކަރަންޓް ވިއްކަން ތިޔާ އުޅެނީ ކަރަންޓް ޓެރިފް އާއި ކުޅެން ޖެހޭނީ ވޭތުވެދިޔަ 20 އަހަރު ތެލުގެ އަގުތަކަށް އައިސްފައިވާ ބަދަލު ތައް ބަލާ އޭގެ ރޭޝިއޯ އެއް ހަދާ 20 އަހަރު ތެރޭގައި އޭގެ އިންކްރީޒިންގް ރޭޝިއޯ އެއް ހެދުމަށް ފަހު ފްލެޓް ރޭޓަށް މި ދެންނެވުނު ރޭޝިއޯ ހިމަނައިގެން ހިސާބު ހަދާ 20 އަހަރު ތެރޭގައި ތެލަށް އަންނަ ލޮޅުމުން މިއަގުގައި ދެމެހެއްޓޭނެތޯ ބެލުމަށް ފަހު އޯއް ކާންޓް ޔޫ ސީ އިޓް

  2. ދިވެހި ރައްޔިތުން

    ޔާމީނުގެ ޓެކްސް ފޮތުގައި އޮންނާނީ ކޯއްޗެއްކަން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެގޭ އެފޮތް ހުޅުވާލީ ހާމަކަން ބޮޑުގޮތުގައި ރޯމާދުވާލު އެފޮތުގައިވާ ގޮތުގެ މަތީން އޭނާ އަމިއްލައަށް ކުރި ކަންތަކަށް ލިއުނު ހުކުމުގައި އެއޮތީ ޖަލުގައި އެ ފޮތުގައި ހުރީ މުޅިންވެސް އިސްލާމް ދީނާއި ޚިލާފަށް ހުއްދަނޫން ގޮތްގޮތުގައި ފައިސާއާއި ގުޅޭ މަސައްކަތް ކުރުމަށް ގޮވާލާ ވައްކަން ހުއްދަކުރުމަށް ގޮވާލާ ލިޔެފައި ހުރި ވާހަކަތައް އެކަމަށް މިރާއްޖޭގެ ރައްޔިތުން މުއިއްޒު އަށް 30 ވަނަ ދުވަހު ނޫނެކޭ ބުނާނެ