ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ހޫނުވުމާ ގުޅިގެން ޗައިނާއިން ޔަގީންކަން ދިން ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދީ މައްސަލަތަކާ ގުޅިގެން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހު ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އަންވަރު ވިދާޅުވީ ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް އޭނާއަށް އެ ޔަގީންކަން ދެއްވީ މިދިޔަ މަހު ބެއިޖިން އިން "10 ޑޭޝް ލައިން" ހިމެނޭ މެޕެއް ނެރުމުން ކަމަށެވެ.
މެލޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ އެ މެޕް ދޮގުކޮށްފަ އެވެ.
އަންވަރު ވިދާޅުވީ ޗައިނާއިން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި "އަޅުގަނޑުމެންގެ އެކުވެރިންނާއި މި ސަރަހައްދުގައި ތިބި ރަހުމަތްތެރިންނާ މެދު ފިތުނަ ފަސާދަ އުފެދޭ ފަދަ އެއްވެސް ފިޔަވަޅެއް ނާޅާނެ" ކަމަށް ލީ ވިދާޅުވި ކަމަށެވެ.
އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސީއެންއެންގެ ނޫސްވެރިޔާ ކްރިސްޓިއަން އަމަންޕޫރަށް އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ ޗައިނާއިން ޓައިވާނުގެ މައްޗަށް އިސްތިގުލާލު ގެނައުމަށް މަސައްކަތް ކުރަމުންދާތީ މެލޭޝިއާއިން ކަންބޮޑުވާ ކަމަށާއި، މި ސަރަހައްދަށް އަސަރުކުރާނެ ބޭކާރު ފިތުނަފަސާދަތަކުން ދެ ފަރާތުން ވެސް ދުރުހެލިވާން ޖެހޭ ކަމަށެވެ.