ޚަބަރު

ޝިފާއު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ ހުސެއިން ޝިފާއު ބަންދުން ދޫކޮށްލުމާ އެކު ރާއްޖޭން ފުރައިގެން ގޮސް އުޅުމަށް ފަހު ރާއްޖެ އައުމާ އެކު ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

Ads by Sosun Fihaara

ޕީޖީ އޮފީހުން މިއަދު ވިދާޅުވީ ޝިފާއު ހައްޔަރު ކުރަން ކޯޓު އަމުރެއް އޮތުމުން އޭނާ ރާއްޖެ އައުމުން ހައްޔަރުކުރި ނަމަވެސް ފަހުން ޝަރުތުތަކަކާ އެކު ދޫކޮށްލި ކަމަށެވެ. އަދި އޭނާ ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގައި ކަމަށްވެސް ބުންޏެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން ވަނީ 23 ދައުވާއެއް ކޮށްފައެވެ. ތެރޭގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެއް ހިމެނެއެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާއަށް މަދުވެގެން 38 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

ވަގު ޓީޓީ ހަދައިގެން ރާއްޖޭން ބޭރުން މުދާ އެތެރެކުރުމުގެ މުއާމަލާތް ހިންގި މައްސަލާގައި ހައްޔަރުކުރި ހުސައިން ޝާފިއު ދޫކޮށްލާފައިވަނީ މޭ 27 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!