ވޯޓުލުމަށް ދީފައިވާ ވަގުތު އިތުރެއް ނުކުރާނެ: އީސީ

މިއަދު ހެނދުނު 8:00ގައި ވޯޓުލާން ފެށިއިރު، ހަވީރު 5:00އާއި ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މިއަދު ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 ން ހަވީރު 5:00 އަށް ކަމަށާއި އެ ވަގުތު ހަމަވުމުން ވަގުތު އިތުރު ނުކުރާނެ ކަމަށެވެ.
އެހެންނަމަވެސް ވޯޓު ފޮށިތައް ބަންދުކުރާ ގަޑިޖެހޭއިރު ވޯޓުލުމަށްގޮސް ކިއުގައި ބަޔަކު ތިބިނަމަ އެބަޔަކަށް ވޯޓުލެވޭނެއެވެ.
މިއަދުގެ އިންތިޚާބުގައި ހެނދުނު 9 ޖެހުމާއި ހަމައަށް، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 12 އިންސައްތަ މީހުން ވަނީ ވޯޓު ލައިފައެވެ.