ދުނިޔެ

ސަލާން ޖަހަން ސައުދީއަށް ދިޔަ ބަޔަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސައުދީ އަރަބިއްޔާއިން އުމްރާއަށް ދިޔަ މީހުންގެ ސިފައިގައި މީގެ ދެ ދުވަސް ކުރިން މުލްތާން އެއާޕޯޓަށް ދިޔަ ކަމަށް ތުހުމަތުކުރެވޭ 16 މީހަކު ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ފުރުވާލައިފި އެވެ.

Ads by WAMCO

އެފްއައިއޭ އިން ބުނީ ކުޑަކުއްޖަކާއި 11 އަންހެނަކާއި ހަތަރު ފިރިހެނުން ހިމެނޭ ގޮތަށް 16 މީހުން ހިމެނޭ މި ގްރޫޕް އެންމެ ފުރަތަމަ ދަތުރުކުރީ އުމްރާ ވިސާގައި ކަމަށެވެ.

އިމިގްރޭޝަންމަރުހަލާގައި އެފްއައިއޭގެ އޮފިޝަލުން ވަނީ ކޭއެސްއޭއަށް ޒިޔާރަތްކުރަން ދާކަމަށް އިއުތިރާފުވި ފަސިންޖަރުންނާ ސުވާލުކޮށްފައެވެ.

އަދި އެމީހުންގެ ދަތުރުފަތުރުގެ އިންތިޒާމްތަކުގައި ހަރަކާތްތެރިވާ އެޖެންޓުންނަށް ވެސް ބިކަކޮށްގެން ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ދޭން ޖެހޭނެ ކަމަށް ވެސް އެ މީހުން ބުންޏެވެ. އެމީހުން އެނބުރި ޕާކިސްތާނަށް ދާން އޮތީ އުމްރާ ވިސާގެ މުއްދަތު ހަމަވުމުންނެވެ. އެފްއައިއޭ މުލްތާން ސާކަލް އިން ފަސިންޖަރުން ހައްޔަރުކުރީ އިތުރު ސުވާލުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ.

މި މީހުން ހައްޔަރުކޮށްފައި މިވަނީ ގަވާއިދާ ހިލާފަށް ހިންގާ ޗެނަލްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ބިކަރިން ރާއްޖެއިން ބޭރަށް ޓްރެފިކް ކުރާ ކަމަށް މިނިސްޓްރީ އޮފް އޯވަސީސް ޕާކިސްތާންސް އެންޑް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓުން ސެނެޓްކޮމިޓީ އޮން އޯވަސީސް ޕާކިސްތާންސް އަށް ހާމަކޮށްފައި ވަނިކޮށެވެ.

އެ މިނިސްޓްރީގެ ސެކްރެޓަރީ ސެނެޓުގެ ޕެނަލަށް ވިދާޅުވީ ބޭރު ގައުމުތަކުން އަތުލައިގަތް ބިކަކުރާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށެވެ.

"އިރާގާއި ސައޫދީ ސަފީރުން ވެސް ވަނީ މި މީހުން ހައްޔަރުކުރުމުގެ ސަބަބުން ޖަލުތައް ތޮއްޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

Ads by HDC
  1. ަަްްއރ8

    “ރާއްޖެއިންބޭރަށް”…..ކީކޭ ތިކިޔަނީ ހަބަރުގަ