ކާބަން އެމިޝަން މަދުކުރަން އިންޑިއާއާއި ޖަޕާން ގުޅިގެން ބޮޑު ކެންޕެއިނެއް
އިންޑިއާގެ ކުއާސީ ސޮވަރިން ވެލްތް ފަންޑާއި ނޭޝަނަލް އިންވެސްޓްމަންޓް އެންޑް އިންފްރާސްޓްރަކްޗާ ފަންޑް (އެންއައިއައިއެފް) އަދި ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބީއައިސީ) އިން ސަސްޓެއިނަބިލިޓީ ޕްރޮޖެކްޓުތަކަށް އިންވެސްޓް ކުރުމަށް 600 މިލިއަން ޑޮލަރުގެ ފަންޑެއް ބުދަ ދުވަހު ތައާރަފްކޮށްފި އެވެ.
އަދި އެ އަދަދުގެ 51 އިންސައްތަ ޖޭބީއައިސީން ހިއްސާކުރާނެ ކަމަށާއި ބާކީ ބައި ހިއްސާކުރާނީ އިންޑިއާއިން ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.
އިންޑިއާ-ޖަޕާން ފަންޑުން އިއާދަކުރަނިވި ހަކަތަ، އީ-މޮބިލިޓީ އަދި ކުނި މެނޭޖްކުރުން ފަދަ ދާއިރާތަކުން ދެމެހެއްޓެނިވި މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް އަމާޒު ހިފާނެ ކަމަށް އިންޑިއާގެ ފުރަތަމަ ދައުލަތުގެ އެހީގައި ހިންގާ ފަންޑުގެ ގޮތުގައި 2015 ވަނަ އަހަރު ތައާރަފްކުރި އެންއައިއައިއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޖަޕާނުގެ ބޭންކުގެ ގަވަރުނަރު ހަޔާޝީ ނޮބުމިޓްސޫ ވިދާޅުވި ގޮތުގައި ދުނިޔޭގެ ހާލަތު ހަލަބޮލިވެ، ސަޕްލައި ޗެއިން ކަނޑާލުން ފަދަ މައްސަލަތަކުގެ ތެރޭގައި އިންޑިއާ އާއި ޖަޕާނުގެ ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ވެސް މަސައްކަތް ކުރާނެ އެވެ.
"ޕްރޮޑަކްޝަން ބޭސްއަކަށް ނުވަތަ އިންވެސްޓްމަންޓް ޑެސްޓިނޭޝަނަކަށް ރިލޮކޭޝަން ޑެސްޓިނޭޝަނެއްގެ ގޮތުގައި އިންޑިއާގެ މާކެޓަށް ވަންނަން ޖަޕާނުގެ ކުންފުނިތަކުން ޝައުގުވެރިކަން އިތުރުވަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.