ހއ.އަތޮޅުން ފެށިގެން ފ.އަތޮޅާއި ހަމައަށް ހުދު ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެލާޓު ނެރެފިއެވެ.
މެޓް އޮފީހުން ވައިޓު އެލާޓް ނެރުއްވައިފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަހައްދަކަށެވެ. އެލާޓްގެ ވަގުތަކީ، މެންދުރު 02:00 އިން ފެށިގެން މިރޭ 07:00 އާ ހަމައަށެވެ.
މެޓުން ވިދާޅުވީ މިވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި މި ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެއެވެ.