އައު ސަރުކާރުގައި ވެސް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ޤަބޫލު ކުރަން: އިންޑިއާ
ރާއްޖެއާއެކު އަބަދުވެސް ރަނގަޅު ގާތް ގުޅުމެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި ރާއްޖޭގައި ދެން އުފެދޭ އައު ސަރުކާރާއެކު ވެސް އެ ގުޅުން ބަދަހިކަމާއެކު އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިންޑިއާގެ އެކްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވެއްޖެއެވެ.
އެ ޤައުމުގެ އެކްޓާނަލް މިނިސްޓްރީން ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭ ގޮތުން އެޤައުމުގެ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެގޮތުން އިންތިޚާބީ ރައީސް ޑރ. މުޢިއްޒު މިފަހުން, ރާއްޖޭގައި އިންޑިއާގެ ސިފައިން ނުތިބެވޭނެ ކަމަށް ވިދާޅުވުމުން, އެކަމާ ގުޅިގެން ނޫސްވެރިން ވަނީ ކޮމެންޓެއް ހޯދަން މަސައްކަތްކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި އަރިންދަމް ވިދާޅުވީ, މީޑިއާ ރިޕޯޓްތަކާއި ގުޅޭ ގޮތުން ކޮމެންޓެއް ދޭން ނެތް ކަމަށެވެ. ނަމަވެސް ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށާއި, އަވައްޓެރި ޤައުމުގެ ހައިސިއްޔަތުން އަބަދުވެސް އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
އިންޑިއާ-ރާއްޖެ ގުޅުމާއި ބެހޭގޮތުން އިތުރަށް ވިދާޅުވީ, ރާއްޖޭގެ އިންތިޚާބީ ރައީސަށް ފުރަތަމަ މަރުޙަބާ ވިދާޅުވި ލީޑަރަކީ އިންޑިއާގެ ބޮޑު ވަޒީރު ކަމަށާއި, ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއެކު ވެސް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ބައްދަލު ކުރައްވާ ވާހަކަފުޅު ދެކެވުނު ކަމަށެވެ.
އޭގެ އިތުރުން ރާއްޖެއާއެކު އިންޑިއާއިން ބާއްވަމުން އަންނަ އެންމެ މުހިންމު ގުޅުމަކީ ކެޕޭސިޓީ ބިލްޑިން ކަމަށާއި, އެކަން އައު ވެރިކަމެއްގައި ވެސް ކުރިޔަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ސަލާމަތީ ކަންކަމާއި ކާރިސާތަކުގައި އެހީތެރިވުމާއި, ބޭރުގެ ހަމަލާތަކުން ދިފާއުވުމަށް އިންޑިއާއިން އަބަދުވެސް އެކުގައި އޮންނާނެ ކަމުގެ ޔަޤީންކަން އިންޑިއާގެ ފަރާތުން ތަރުޖަމާނު ވަނީ ދެއްވާފައެވެ.
މުއިއްޒު އެވަނީ ޕީޕީއެމް އަށް ގައްދާރުވެފައޭ ސަބަބަކީ އޭނާ އެވަނީ އިންޑިއާ އަތުން ނަގާފައިވާ ލޯން ދެއްކުން ފަސްކުރަން އެދިފައޭ ކިއެއްކުރަންތޭ ލޯން ދެއްކުން ފަސްކުރަންވީ ކުރާނެ ކަމެއް ނެތޭ ލޯން ދެއްކޭނެއޭ މާލެ ސަރަހައްދުން ފަޅު ތައް ހިއްކާ ހިއްކާ ފަޅުން ބިން ތައް ވިއްކައިގެން ވިއްކާނީ ހެކްޓަރެއްގެ ބިން ބީޗް ފްރަންޓުން 10 މިލިއަން ޑޮލަރަށް މަހަކު މީގެ 100 ބިން ވިއްކީމާ ނިމުނީއޭ ލޯން ދެއްކޭނެއޭ އެވާހަަކަ ނުޖެހޭނެއޭ އިންޑިއާ އާއި ދައްކަން ދައްކަން ޖެހޭ ވާހަކަ އަކީ އިންޑިއާ ސިފައިން ބާލާނީ ކޮން އިރަކުތޭ އިންޑިއާ އެމްބަސޭ އާއި މުއިއްޒު އެވާހަކަ ނުދައްކައޭ އޭނާ އިންޑިއާ އެމްބަސޭ އާއި އިއްޔެ ދެއްކި ވާހަކައިގެ އޯޑިއޯ އަދި ވީޑިއޯ ރިކޯރޑިންގް މަމެން އަތުގައި އެބައޮތޭ އޭނާ އަށް ނޭގުނަސް މަމެން ޔާންޓޭ ގާތު ހުވާކޮށްފައި މިބުނަނީ އޭނާގެ ވެރިކަމުގައި އިންޑިއާ ސިފައިން އޭނާ ނުބާލާނެއޭ ބަލަން ހުންނައްޗޭ އޭނާ އެކަން ނުކުރާނެއޭ އިބޫ އަށް ވުރެން ތިން ގުނަ އިތުރަށް ދޮގު ހަދާނެއޭ އޭނާ މިކަމުގައި ބަލަން ތިބެއްޗޭ…