ޚަބަރު

މަސް ކިރުވައިގެން އައްޑޫ ދޯންޏަކަށް އެއް ދުވަހުން 1.5 މިލިއަން ރުފިޔާ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މިފްކޯއަށް މަސް ކިރުވައިގެން އައްޑޫގެ ދޯންޏަކަށް އެއް ދުވަހުން 1.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by Hajj Corporation

އައްޑޫގެ ދޯންޏަކަށް އެއް ދުވަހުން 1.5 މިލިއަން ރުފިޔާ ލިބިފައިވާއިރު 17 ރުފިޔާ އަށް ގަންނަމުން ދިޔަ މަސް ކިލޯގެ އަގު މިދިޔަ މަހުގެ 16 އިން ފެށިގެން ސަރުކާރުން ވަނީ 25ރ. އަށް ބޮޑުކޮށްފައެވެ.

އެގޮތުން މިފްކޯ އަށް 60 ޓަނުގެ މަސް ކިރުވާފައި ވަނީ ސ. މަރަދޫ ކޮންކޯޑު2 ނަމަކަށް ކިޔާ ދޯނިންނެވެ.

މީގެ އިތުރުން މިއީ މި ފަހުގެ ތާރީހެއްގައި މަސް ކިރުވައިގެން އެއް ދުވަސް ތެރޭގައި ދޯންޏަކަށް އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ.

އައްޑޫގެ ދޯންޏަކަށް އެއް ދުވަހުން 1.5 މިލިއަން ރުފިޔާ ލިބިފައި ވާއިރު ކުރީގެ ރޭޓުން މިފްކޯ އިން މަސް ގަތް ނަމަ ލިބޭނީ އެއް މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރުމަށް ފަހު ބުނީ، ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރު ވެފައި ވާތީ އެ ކުންފުނިން މަސް ގަންނަ އަގު ބޮޑު ކުރީ ކަމަށެވެ. ހަމަ އެހެންމެ މަސް ގަންނަ އަގު ބޮޑުކުރަން ނިންމީ ގިނަ މަސްވެރިންތަކެއްގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.

Ads by Ooredoo
  1. الحمد لله އެކަލާގެ ރިޒުޤު ދެއްވީމާ ޝުކުރުކުރަވީ އެކަލާގެ އިތުރު ކޮށްދެއްވާނެ، ޔާ ﷲ އަޅަމެންގެ މަސްވެރިކަމާއި ދަނޑުވެރި ކަމުގައި ބަރަކާތް ލައްވާށި !