މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާފަންނުގެ ޝާރިއު ވަރުދީ މަގާއި، ޝާރިއު ވަރުދީ ހިނގުން، ކުއްޅަވަށް ގޯޅި، ހަވީރީ ހިނގުން، ފީރޯޒު މަގު، ގަނދަކޯޅިމަގު، ކުޅިދޮށު މަގު، ފުލޫނިޔާ މަގު، އިރާކު މަގު އަދި ކާނޭޝަން މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 13:30 އިން 14:45 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.