އިންޑިއާގެ ބާޒާރުގައި ބާސްމަތީގެ އަގު ހިފެހެއްޓިފައި

ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯޓްކުރާ އިންޑިއާއިން ބާސްމަތީ ހަނޑުލުގެ ބާވަތްތައް ބޭރުގެ ޝިޕްމަންޓްތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާދަނޑިވަޅެއްގައި، ވަކި ގޮތެއް އަންގަންދެން ބާސްމަތީ ހަނޑޫ އެކްސްޕޯޓްކުރާ ފްލޯ ޕްރައިސް ހިފަހައްޓާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ ސްޓޭޓްތަކުގެ އިންތިހާބާ ދިމާކޮށް ލޯކަލް އަގުތައް ހަމައަކަށް އެޅުމުގެ ގޮތުން އިންޑިއާއިން މިދިޔަ އޮގަސްޓް މަހު ވަނީ ބާސްމަތީ ހަނޑުލުގެ ޝިޕްމަންޓުން ޓަނަކަށް 1،200 ޑޮލަރުގެ މިނިމަމް އެކްސްޕޯޓް ޕްރައިސް (އެމްއީޕީ) އެއް ނަގައިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ އެމްއީޕީ އެންމެ ފުރަތަމަ އަންނަ އާދީއްތަ ދުވަހާ ހަމައަށް ވަކި ގޮތެއް އަންގަންދެން ދަމަހައްޓާނެ ކަމަށެވެ.
ދެކުނު އޭޝިއާގެ އެ ގައުމުން މިދިޔަ ޖުލައި މަހު ވަނީ ބާސްމަތީ ނޫން ހުދު ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށް، މިދިޔަ ހުކުރު ދުވަހު ޕާބޮއިލްޑް ހަނޑުލުން 20 ޕަސެންޓް ޑިއުޓީ ނަގައިފަ އެވެ.
އެމްއީޕީގެ އަމާޒަކީ ބާސްމަތީ ހަނޑުލުގެ ގޮތުގައި ބާސްމަތީ ނޫން ހަނޑޫ އެކްސްޕޯޓް ނުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމެވެ.