ޚަބަރު

ވައްކަމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރުމުން ވާހަކަ ނުދެއްކޭ މީހެއް ކަމަށް ހެދިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވައްކަމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރި މީހަކު ވާހަކަ ނުދެއްކޭ މީހެއް ކަމަށް ހެދިއްޖެއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނީ ވައްކަމުގެ ރެކޯޑު އޮންނަ 50 އަހަރުގެ މި މީހާގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރެވޭވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް ބަންދުގެ މުއްދަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް އޭނާ ނުދައްކާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

އެހެން ކަމުން ބަންދު އަމުރުގައި ބުނީ ކޯޓުގައި ފުލުހުން ވަނީ އެއީ ވާހަކަ ދައްކައި އަދި އަޑު ވެސް އިވޭ މީހެއް ކަމަށް ބުނެފައި ކަމަށެވެ. އަދި އޭނާ މި ވަގުތު ވާހަކަ ނުދައްކާ އިނީ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތުގެ މަޖިލީހުގައި އޭނާ ވާހަކަ ނުދެއްކޭ މީހެއް ކަމަށް ހެދުނަސް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!