ޗައިނާއިން މެގަ ޕްރޮޖެކްޓްތައް ނުހިންގުމަށް އިރުޝާދު ޝީ ދީފި
ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭނުންފުޅުވަނީ ޗައިނާގެ އެންމެ ބޮޑު އިޤްތިޞާދީ ސަރަޙައްދު ކަމަށްވާ ޔަންގްޒީ ރިވަރ އިކޮނޮމިކް ބެލްޓް ތަރައްޤީކުރުމަށް އިތުރު ކުރިއެރުންތަކެއް ހޯއްދަވައިދެއްވުމަށެވެ.
ދުނިޔޭގެ ތިންވަނައަށް އެންމެ ދިގު ކޯރުގެ 11 ޕްރޮވިންސާއި މުނިސިޕަލްޓީ ހިމެނޭ މި ސަރަޙައްދުގައި ތިމާވެށި ހިމާޔަތްކުރުމާއި އިޤްތިޞާދީ ކުރިއެރުމާ މެދު ދިގު ރާސްތާގެ ވިސްނުމެއް ގެންގުޅެން ޖެހޭކަމަށް ބައިވެރިވާ ޕްރޮވިންސްތަކުގެ ތެރޭގައި ހިމެނޭ ޖިއަންގްޝީގައި ބުރާސްފަތި ދުވަހު ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައި ޝީ ވިދާޅުވިއެވެ.
ޗައިނާގެ އިގްތިސާދީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ކުރު މުއްދަތުގެ ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ޝީ ވަނީ ޕޮލިޓްބިއުރޯގެ އިތުރު ތިން މެމްބަރުން ހިމެނޭ ގޮތަށް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި "ދިގު ވިސްނުމެއް ގެންގުޅުމަށާއި، ދިގު ރާސްތާގެ ސްޓްރެޓެޖީތައް ހެދުމަށާއި ދިގު މުއްދަތަކަށް ދެމިގެންދާނެ ސަލާމަތީ ކަންކަން ހިމާޔަތް ކުރުމަށް" އޮފިޝަލުންނަށް އިރުޝާދު ދެއްވާފައި ކަމަށް ޒިންހުއާ އިން ބުންޏެވެ.
ޔަންގްޒީ ބެލްޓްގެ ދަށުގައިވާ ސަރަހައްދުތަކަކީ "ކުރިއެރުމާއި ސަލާމަތާއި ރައްކާތެރިކަން ބެލެންސްކޮށް، ކާބޯތަކެއްޗާއި ހަކަތައާއި އިންޑަސްޓްރީގެ މުހިންމު ޗެއިންތަކާއި ފެނުގެ ގޮތުން ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތް ކުރުމުގައި ބޮޑު ދައުރެއް އަދާކުރަން ޖެހޭ ސަރަހައްދުތަކެއް" ކަމަށް ޝީ އާ ހަވާލާދީ އެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.
މި އެއްވުމަކީ 2016 ވަނަ އަހަރުން ފެށިގެން ރައީސްގެ ޕެޓް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ހެބެއި ޕްރޮވިންސްގެ ފާހަގަކޮށްލެވޭ ގައުމީ ތަރައްގީގެ ސަރަހައްދެއް ކަމަށްވާ ޒިޔޯންގަން ނިއު އޭރިއާއަށް ޝީ ޒިޔާރަތް ކުރެއްވި މެއި މަހުގެ ތެރޭގައި ބޭއްވި އެއް ޖަލްސާގެ ހަނދާން އާކޮށްދޭ އެއް ހަރަކާތެކެވެ.
ގައުމީ ސަލާމަތަށް ޝީ ތަކުރާރުކޮށް ބާރު އަޅުއްވާފައި މިވަނީ ކޮމިއުނިސްޓް ޕާޓީގެ އޮޓަމް ގެ މުހިންމު ބައްދަލުވުމެއްގެ ކުރިން ބެއިޖިން އިން ބޮޑު ސްޓިމިއުލަސްއެއް ނެރޭނެ ކަމުގެ އުއްމީދު ތައް ފިލައިގެން ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ޕާޓީގެ 20 ވަނަ ސެންޓްރަލް ކޮމިޓީގެ ތިން ވަނަ ޕްލެނަމް މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ބައެއް ގޮންޖެހުންތަކުން އަރައިގަތުމަށް މަރުކަޒީ ލީޑަރުންނަށް ސިލްސިލާ ސިޔާސަތުތަކެއް ހުށަހެޅޭނެ އެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކޮވިޑް-19 އަށް ފަހު ރިކަވަރީއަށް ފަހު ގެނެވުނު ކުރިއެރުންތަކުގެ ނިޝާންތައް ފާއިތުވި މަސްތަކުގައި ފެނުނު ނަމަވެސް، ރިއަލް އެސްޓޭޓްގެ މައްސަލަތަކާއި ލޯކަލް ގަވަރމަންޓް ދަރަނީގެ ދަތިކަން ފަދަ އެތައް ހީނަރުކަމެއް އަދިވެސް އެޤައުމަށް ވަނީ ކުރިމަތިވެފައެވެ.