ބޮލީވުޑް މުނިފޫހިފިލުވުން

ޝަކްތީ ޝެޓީގެ ގޮތުގައި ދިޕިކާ ވަރުގަދަ ރޯލަކުން!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިޕިކާ ޕަޑުކޯން ލީޑް ރޯލުން ފެނިގެންދާނެ ފިލްމު ސިންގަމް އެގެއިންގެ "ފަސްޓްލުކް" ދައްކައިލައިފިއެވެ.

Ads by MWSC

މި ފިލްމުގައި ހުނަރުވެރި ބަތަލާ ދިޕިކާ ފެނިގެންދާނީ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. އޭނާ އިންސްޓެގްރާމްގައި ހިއްސާ ކުރި ޕޯސްޓަރުން ވެސް މިކަން ކަށަވަރުވެއެވެ. ދިޕިކާ ހިއްސާ ކުރި ފޮޓޯއިން ފެންނަނީ އޭނާ ފުލުހުންގެ ޔުނީފޯމްގައި، ބަޑިއެއް ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.

ދެވަނަ ތަސްވީރުން ފެންނަނީ، ފިރިހެނެއްގެ އަނގަޔަށް އޭނާ ބަޑި ދިއްކޮށްގެން ހުންނަ މަންޒަރެވެ. ފިލްމުގެ ފަސްޓްލުކް ހިއްސާ ކުރަމުން ދިޕިކާ ކެޕްޝަނުގައި ބުނީ، "ޝަކްތީ ޝެޓީ" ތައާރަފު ކުރާ ކަމަށެވެ. އެހެންކަމުން މި ފިލްމުގައި އޭނާ އަކީ ޝަކްތީކަން ޔަޤީންވެއެވެ.

ސިންގަމް އެގެއިންގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ވެސް ވަނީ ފިލްމުގެ ފަސްޓްލުކް ހިއްސާކޮށްފައެވެ. އޭނާ ލިޔުނު ކެޕްޝަންގައި ޝަކްތީގެ ކެރެކްޓަރގެ ވަރުގަދަކަން ހާމަކޮށްދިނުމަށް އޭނާ އަކީ އެންމެ "ބްރޫޓަލް" ޕޮލިސް އޮފިސަރުގެ ގޮތުގައި ވަނީ ސިފަ ކޮށްފައެވެ.

މި ފިލްމުގައި ދިޕިކާ ފެނިގެންދާނީ އަޖޭ ދޭވްގަންގެ ކޮއްކޮގެ ގޮތުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!