ޗައިނާއާއި ބަންގްލަދޭޝް ގުޅިގެން ބޭއްވި އެކްސަސައިޒް ނިންމާލައިފި
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މެގަލަޔާގެ އުމްރޯއީގައި ބޭއްވި ޖޮއިންޓް ޓްރެއިނިންގ ނޯޑްގައި އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު ފެށި ބައިލެޓަރަލް މިލިޓަރީ އެކްސަސައިޒް "ސަމްޕްރިޓީ-އެގާރަ" ގެ އެގާރަ ވަނަ އެޑިޝަން ހޯމަ ދުވަހު ނިންމާލައިފިއެވެ.
އިންޑިއާ އަސްކަރިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އެކްސަސައިޒްގެ މަގްސަދަކީ އިންޓަ އޮޕަރޭބިލިޓީ ހާސިލްކޮށް، އދ.ގެ މެންޑޭޓް (ޔޫއެންޕީކޭއޯ)ގެ ހަތްވަނަ ޗެޕްޓަރުގެ ދަށުން ހިންގާ ސަބް ކޮންވެންޝަނަލް އޮޕަރޭޝަންތަކުގައި ޖޮއިންޓް ޓާސްކް ފޯހެއްގެ ވަޒީފާ އަށް އެކަކު އަނެކަކަށް އަހުލުވެރިކުރުވުން ކަމަށެވެ.
ބަންގްލަދޭޝްގެ ކޮންޓިންޖެންޓުގައި 52 އިންފެންޓްރީ ބްރިގޭޑުގެ 170 ސިފައިންގެ ގްރޫޕެއް ހިމެނޭއިރު، އިންޑިއާގެ ކޮންޓިންޖެންޓުގައި ހިމެނެނީ 66 މައުންޓަން ބްރިގޭޑްގެ ރާޖްޕުތު ރެޖިމެންޓުގެ 15 ވަނަ ބެޓެލިއަންގެ 170 ސިފައިންނެވެ. ދެ ގައުމުގެ 340 ސިފައިން ވަނީ މީގެ ކުރިން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި އޮޕަރޭޝަންތައް ހިންގައިގެން ހޯދާފައިވާ ތަޖުރިބާ ހިއްސާކޮށްފަ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކޮމާންޑް ޕޯސްޓް އެކްސަސައިޒެއް ކުރިއަށް ގެންދިޔައިރު، ދެވަނަ ފިޔަވަހީގައި ވެލިޑޭޝަން އެކްސަސައިޒަކާއި ފީލްޑް ޓްރެއިނިން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ބެޓްލް އިނޮކިއުލޭޝަން ވެސް ހިމެނެ އެވެ. ވެލިޑޭޝަން އެކްސަސައިޒްގައި ދެ ކޮންޓިންޖެންޓް ގުޅިގެން ބައިވެރިވި އިރު، އޭގެ ތެރޭގައި ކޯޑަން އެންޑް ސާޗް އޮޕަރޭޝަންސް އާއި ރޫމް އިންޓަވެންޝަންސް އާއި ވައިގެ މަގުން ކުރާ މަސައްކަތްތައް ހިމެނެ އެވެ. އަދި މި އެކްސަސައިޒްގައި ދެ ގައުމުގެ އަސްކަރިއްޔާއިން އާ ޖީލުގެ ހަތިޔާރާއި އާލާތްތައް ޑިސްޕްލޭކޮށް އެކްޓިވްކޮށް ބޭނުންކުރުން ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އިންޑޯ-ބަންގްލަދޭޝް ޖޮއިންޓް އެކްސަސައިޒަކީ އިންޑިޔާ އާއި ބަންގްލަދޭޝް ގެ ބަދަލުގައި ކޮންމެ އަހަރަކު ވެސް ރެސިޕްރެސިޓީ އުސޫލުން ބާއްވަމުން އަންނަ އެކްސަސައިޒެކެވެ. އިންޑިއާގައި ފުރަތަމަ އެކްސަސައިޒް ބާއްވާފައިވަނީ 2009 ވަނަ އަހަރު އާސާމްގެ ޖޯރްހާޓް ޑިސްޓްރިކްޓްގައެވެ. އަދި 2022 ވަނަ އަހަރާ ހަމައަށް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާ އެކްސަސައިޒްގެ ޖުމްލަ 10 އެޑިޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.