ޚަބަރު

ކަނޑުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކަނޑުުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ދޫނިދޫއާއި ފުނަދޫއާ ދޭތެރޭ ކަނޑުމަތިން މަރުވެފައި އޮތް މީހެެއްގެ ހަށިގަނޑު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބިފަައިވާ ގޮތުގައި އެމީހާ ފެނުނު އިރު އޮތީ ބަރަހަނާ ހާލުގައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!