ޚަބަރު

ޔަހޫދީން ފަލަސްޠީނުގެ ކުށެއް ނެތް އެތައް ބަޔަކުވެސް ހައްޔަރު ކުރަނީ!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިސްރާއީލުގެ ހައްދުފަހަނައަޅައިފައިވާ ޔަހޫދީމް ޣައްޒާއަށް ބޮން އަޅަން ފެށިފަހުން ދެ ހަފުތާގެ ތެރޭގައި ފަލަސްތީނުގެ އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު، އިސްރާއީލުން ވަނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނުގެ ޤައިދީންގެ އަދަދު ދެގުނަ އަށް އިތުރުކޮށްފައެވެ.

Ads by STELCO

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 5،200 އެއްހާ މީހުން ތިބި އިރު، ފަލަސްތީނުގެ ހަތިޔާރު އެޅި ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާދޭން ފެށި ފަހުން އިސްރާއީލުން ދަނީ ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ވިދާޅުވީ ގައިދީންގެ އަދަދު މިހާރު 10،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި އޮފިޝަލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އިޒްރޭލުން ވަނީ ޣައްޒާއިން 4،000 އެއްހާ މަސައްކަތްތެރިން ހައްޔަރުކޮށް، އެ މީހުން އަސްކަރީ މަރުކަޒުތަކުގައި ބަންދުކޮށްފައެވެ.

މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ރޭގަނޑު އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ އިތުރު 1،070 މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

 

ފަލަސްތީނުގައި ގައިދީންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތުގެ ވެރިޔާ ސަހަރު ފްރާންސިސް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ޔަހޫދީން 24 ގަޑިއިރު މީހުން ހައްޔަރު ކުރެއެވެ.

އެކަމަނާ ވިދާޅުވީ ޣައްޒާގެ ގިނަ މީހުން ބަހައްޓަމުން ދަނީ ދެކުނުގެ ނަކަބް ފަޅުގެ ބީރް އަލް ސަބޭ (ބީރް ޝެވާ) ކައިރީގައި ހުންނަ ސްޑޭ ޓީމަން ނަމަކަށް ކިޔާ އަސްކަރީ މަރުކަޒެއްގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!