ފަލަސްޠީނުގެ މައްސަލައިގައި ޔޫއެންގެ ކުއްލި ސެޝަންއެއް ބާއްވައިދޭން ރާއްޖެއިން އެދިއްޖެ

އިޒްރޭލުގެ ޔަހޫދީން ފަލަސްތީންގެ ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އދގެ ޚާއްސަ ސެޝަންއެއް ބާއްވައިދިނުމަށް ރާއްޖެއިން ހުށަހަޅައިފިއެވެ.
މީގެ އިތުރުން ޝާހިދުގެ ޕޯސްޓުގައި ވަނީ ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
އދ. ގެ ޖެނެރަލް އެސެންބްލީގެ ޚާއްސަ ކުއްލި ބައްދަލުވުމަކީ މައްސަލައަކާއި ގުޅިގެން ސަލާމަތީ މަޖިލީހުން ގޮތެއް ނިންމުމުގައި ކާމިޔާބު ނުވުމުން، ބާއްވާ ބައްދަލުވުމެކެވެ.
މިގޮތުން އދ. ގެ އެމެޖެންސީ ސްޕެޝަލް ސެޝަނެއް އެންމެ ފުރަތަމަ ބޭއްވީ 1997 ވަނަ އަހަރު އެވެ. އޭގެފަހުން މިފަދަ ސެޝަނެއް ބޭއްވީ 2018 ވަނަ އަހަރު އެވެ. މިއިން ކޮންމެ ފަހަރަކުވެސް އދ. އިން ސެޝަން ބާއްވާފައި ވަނީ ފަލަސްޠީނުގެ މައްސަލައިގައެވެ.
ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް އަރައިގަނެގެން އުޅޭތާ 75 އަހަރު ވެފައިވާއިރު، މި މަހުގެ ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި މިހައިތަނަށް 5،000 މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.