ޚަބަރު

އެމްޑީޕީ މަޖިލިސް މެމްބަރުންގެ ނުރުހުން ޗައިނާ ސަފީރަށް!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް އެހީތެރިވުމަށް ޗައިނާއިން ހުށަހެޅުމުން އެކަމަށް ސަރުކާރުން ޖަވާބެއް ދީފައިނުވާ ކަމުގައި އިދިކޮޅުން ބުނެފައިވާ ބުނުމަށް ޗައިނާ ސަފީރު ރައްދެއް ނުދެއްވުމުން އެމްޑީޕީ މެމްބަރުން އެމަނިކުފާނަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.

Ads by STELCO

ޗައިނާއިން އެޤައުމުގެ ނޭވާލާ ނިޒާމާ ބެހޭ ޚާއްޞަ ޑޮކްޓަރުންނާއި ފުއްޕާމޭގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމަކާއެކު ބޭނުންވާ ބައެއް ސާމާނުތައް ފޯރުކޮށްދިނުމަށް އެދުމުން ސަރުކާރުން އެކަމަށް އިންކާރުކޮށްފައިވާ ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަޙްމަދު ޝިޔާމު ވަނީ ވިދާޅުވެފައެވެ.

ޝިޔާމްގެ މި ވާހަކަތަކާ ގުޅިގެން ޗައިނާ ސަފީރު ރައްދެއް ނުދެއްވުމުން އެމަނިފާނަކީ ޕީޕީއެމް އެކްޓިވެސްޓެއްތޯ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ހެންވޭރު މެދު ދާއިރާ މެންބަރު ޢަލީ ޢާޒިމް ވަނީ ސުވާލު ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!