ކުޑަކުއްޖެއްގެ ބަރަހަނާ ވީޑިއޯއެއް ނެގި މައްސަލަ ފެންމަތިވެއްޖެ
އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުޑަކުއްޖެއްގެ ބަރަހަނާ ވީޑިއޯއެއް ނަގައިގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލައާއި ގުޅޭގޮތުން، ފުލުހުން ވިދާޅުވީ މި ދިވެހި މީހާ ވީޑިއޯކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯއެއް ކަމަށެވެ.
ފުލުހުން ދަނީ މިހާރު މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ ކޮން މަޤާމެއް ފުރަމުންދާ މީހަކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
Ads by Allied Insurance