Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް-19 ފެނުނު ތިން ރިސޯޓުން 249 ޓޫރިސްޓަކު ފުރުވާލައިފި

ކޮވިޑް-19 ބަލީގެ މީހުން ފެނުނު ތިން ރިސޯޓުގައި ތިބި ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް 249 މީހަކު އެ މީހުންގެ ގައުމުތަކަށް މިހާރު އަނބުރާ ފޮނުވައިލާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދެންމެ ބުނެފި އެވެ.

ވައިހަރާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 107 ޓޫރިސްޓުން، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން 15 އަދި ކުރަމަތި އައިލެންޑް ރިސޯޓުން 127 މީހަކު މިހާތަނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ ތިން ރިސޯޓު މީހުން ފުރުވައިލަނީ "އެގްޒިޓް" ސްކްރީނިން" ހެދުމަށް ފަހު ކަމަށާއި އެ ތިން ރިސޯޓުގައި ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Advertisement
HDC — Sidebar (box)

ތިން ރިސޯޓުގެ ވަކި ސަރަހައްދެއް ބަންދުކުރުމަށްފަހު، އެ ރިސޯޓުތަކަށް އަރާ ފޭބުން މިއަދު ވަނީ ހުޅުވާލާފައެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އަށް މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް