ޚަބަރު

ފަނަރަ ވަނަ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބާއްވަން ނިންމައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދުނިޔޭގެ ފެންވަރުގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތުގެ ފަނަރަ ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

Ads by MWSC

މިކަން ހާމަކޮށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ އެކަމާ ގުޅޭގޮތުން ބޮޑީބިލްޑިން އެސޯސިއޭޝަންގެ އެކްސްކޯގެ މެމްބަރުން އިއްޔެ ވަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވާފައި ކަމަށެވެ.

އެގޮތުން މި ބައްދަލު ކުރެއްވުމުގައި އަންނަ އަހަރު ބާއްވަން ނިންމާފައިވާ މުބާރާތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

މިގޮތުން މި މުބާރާތް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސަރުކާރުގެ އެއްބާރުލުން ދެއްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވި ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މީގެ ކުރިން ރާއްޖޭގައި ވަނީ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްވެސް ބާއްވާފައެވެ.

މިދިޔަ އަހަރު ބޭއްވި 13 ވަނަ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އެތުލީޓަކު ވަނީ ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!