ޚަބަރު

އިރުވެލި އިން ކޮވިޑް-19އަށް ޝައްކުވި މީހާ އެ ބައްޔަށް ނައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ސަން އެކުއާ އިރު ވެލި ރިސޯޓުން ކޮވިޑް-19އަށް ޝައްކުވި ބިދޭސީ މީހާ އެ ބައްޔަށް ނެގެޓިވް ވެއްޖެއެވެ.

Ads by STELCO

ވައިރަހާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ، އިރުވެލި ރިސޯޓުން ވައިރަހަށް ޝައްކު ކުރެވުނު މީހާ ނެގެޓިވްވެފައިވާ ކަމަށެވެ. ނަމަވެސް، އެ މީހާ އިތުރަށް ބެލުމަށް ގޮތުން އަދިވެސް އައިސޮލޭޝަންގައި ހުރި ކަމަށް، މަބުރޫކް ވިދާޅުވި އެވެ.

އޭނާގެ ފަރާތުން އަލާމާތްތައް ފެނިގެން ސާމްޕަލް ނަގައި އޭނާ އެކަހެރިކުރީ މިއަދު އެވެ.

ރާއްޖެއިން އަށް މީހަކު މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!