ކާކު ބުނީ މުޢިއްޒު ފާސް ނުވާނެއޭ؟ އަހަރުމެންގެ މަސައްކަތަކީ ފާސް ކުރުން: ރައީީސް ޔާމީން
އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ދެކޮޅަށް ނުކުމެވަޑައިގަންނަވާފާނަންތޯ ސުވާލު ކުރުމުން، އެމަނިކުފާނު "ބަތް ކައްކާ ނުކުޅުއްވާނެ" ކަމަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ބަންދަށް ދިން ލުޔަށް ފަހުގައި، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި، ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހުގައި، އެންމެ ފުރަތަމަ ވެސް ކުރައްވަން ޖެހިވަޑައިގަންނަވާނެ ދެ ކަމަކީ ރާއްޖޭގެ މަސް ކަނޑުން ގެއްލުނު ބައި ހޯދުމާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށެވެ. މި ދެ ކަންތައް ކުރައްވައިފިނަމަ، ޑރ.މުޢިއްޒުއަށް "ފާސް މާކްސް ލިބިވަޑައިގަންނަވާނެ" ކަމަށް ވެސް ވިދާޅުވިއެވެ.
އެ ޖަލްސައަށް ފަހުގައި ނޫސްވެރިޔަކު ވަނީ، އެ ދެ ކަންތައް މުޢިއްޒަށް ނުކުރެވިއްޖެނަމަ، އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް ނުކުންނާނަންތޯ އަހައިފައެވެ. ޖަވާބުގައި ރައީސް ޔާމީން ވެސް ކުރެއްވީ ސުވާލެކެވެ.
"ކާކު ބުނީ(ޑރ.މުޢިއްޒު) ފާސް ނުވާނޭ. ކާކު ބުނީ ފާސް ނުވާނެއޭ. އަހަރުމެންގެ މަސައްކަތަކީ ފާސް ކުރުން. ނޫސްވެރިން ތި ސުވާލު ނުކުރޭ، ކަލޭމެން ތި ސުވާލު ކުރޭ މިހާރު ހުރި ރައީސްއާ." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޑރ.މުޢިއްޒުއަށް އޮތީ ބޮޑު ޒިންމާއެއް ކަމަށާއި، އެމަނިކުފާނަށް އެ ޒިންމާ އައީ، މިހާރު ހުންނެވި ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހެއްދެވި ގޯހުގެ ސަބަބުން ކަމަށެވެ.
މިހާރު ތިހެނ ކިޔާ ބޮއިކަޓް ކުރާށޭ ބުނީމަ އެކަނ ގަބޫލު ނުކުރާ ބަޔަކު ޕީއެންސީން މުއިއްޒު ނެރިގެން ކާމިޔާބު ލިބުނީމަ ތިޔަކިޔާ ބަނދިވަރު ހުއްޓާލާ.ދިވެހި ރައޔިތުންނަށް އެގާ ޔާމީނު އިގްތިސާދީ މީހަކު ކަން އެކަމަކު އެކަންވެސް ރަނގަޅަށް ކަނކުރަންނޭގޭ ކަމުގެ ހެއްކަކީ ފެރީޓާމިނަލް ކައިރީ ތަރުކާރީ މާރުކޭޓް ހެދީ ފެރީންއައިސް ފައިބާ ބާޒާރުކޮށްގެން ގެއަށް ދިއުމުގެ މަގުސަދުގަ އެކަންރަނގަޅު ބްރިޖް ނިންމާ ބަސްދަތުރު ފެށުނީމަ ހުޅުމާލޭގެ އެއކޮޅުގަ ބަސްސްޓޮޕްހެދީމަ ތަރުކާރީ މާރކޭޓްގެ ބޭނުން މިހާރުހުރީ ނެތިފަ. އެވެސް ފެރީޓާމިނަލް ކައިރިއަށް ބަސްމަޑުކުރންހެދިނަމަ ހުރިހާކަމެއްރަނގަޅުވީސް. ދެން ކުރި އަނެއްކަމަކީ ފެރީން ސައިަކަލް ގެންނީ 7 ރުފިޔާ ދީގެން ކަމުގައިވާއިރު ބްރިޖް ހުޅުވާފަ އުޅަނދުތަކުން ފައިސާ ނުނެގުން. މިއީ ވެސް އިގްތިސާދީ ފުދުންތެރިކަން ޔާމީނުގެ ނެތް ކަމުގެ ހެކި
ހާދަ ރުންކުރު ށޮރެކޭ މީ ނޫވެރިންނާވެސް ޖަވާބު ނުދީ ކަމުންރެކެން ރުންކުރުކޮއްލަނީ