އަބްދުﷲ މުހައްމަދު މެލޭޝިއާގައި ބަންދުކޮށްފި

ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތެރިޔާ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އިމިގްރޭޝަނުން ހިފަހައްޓަައި، ބަންދުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްއަށް ހިތްވަރުދޭ ކަމަށް ބުނެއެވެ. އަދި މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ފޯނުވެސް އަތުލާފައިވާކަމުގެ މަޢުލޫމާތު ލިބެއެވެ.
އަބްދުﷲ މިވަގުތު ހުރީ މެލޭޝިއާ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރެއްގައި ބަންދުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އެއްވެސް މުއައްސަސާއަކުން މިހާތަނަށް އެއްވެސް މަޢޫލޫމާތެއް ޙިއްސާ ކޮށްފައެއް ނުވެއެވެ.