ކޮރޯނާ ވައިރަސް އަކީ އަސްލެއް ކަމަށް ގަބޫލު ނުކުރި މީހެއްގެ އަނބިމީހާ އެ ބަލީގައި މަރުވެއްޖެ
މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސް އަކީ އަސްލެއް ނޫން ކަމަށް ގަބޫލުކުރި އެމެރިކާގެ ޓެކްސީޑް ރައިވަރެއްގެ އަންހެނުން އެ ބަލީގައި ދުނިޔެ ދޫކޮށްފިއެވެ.
ބްރައިން ލީ ނަމަކަށް ކިޔާ މި މީހާ އާއި އޭނާގެ އަންހެނުން ގަބޫލު ކުރާ ގޮތުގައި ކޮވިޑް-19 މި ބައްޔަކީ އެހެން ބައްޔަކުން އުފައްދާފައިވާ ބައްޔެކެވެ.
މި ބައްޔަކީ އަސްލެއް ކަމަަށް ގަބޫލު ނުކޮށް މިދެމަފިރިން ސިއްހީ މާހިރުންގެ ބަސްތަކަށް ބޯލަނބާފައެއް ނުވެއެވެ. މެއި މަހުގެ ފަހުކޮޅު މި ދެމަފިރިން ވެސް ވަރަށް ބަލިވިއެވެ. ބްރައިން ބަލިން ރަނގަޅުވި ނަމަވެސް އޭނާގެ އަންހެނުން އެރިން ވަނީ މި ބަލީގައި މި ދުނިޔެ ދޫކޮށްފައެވެ.
ބްރައިންގެ އަންހެނުންނަކީ އަބަދުވެސް އެކި ބަލިތައް ހުންނަ މީހެއް ކަމުގައި ރިޕޯޓް ތައް ބުނެއެވެ. އެގޮތުން ނޭވާލާން އުނދަގޫ ވުމާއި ނުނިދުން ހިމެނެއެވެ.
ބްރައިން ބުނީ އެދެމަފިރިން ސިއްހީ މާހިރުންގެ ބަސް އަޑު ނޭހީ އެމީހުންނަށް އެ ބައްޔަކީ އަސްލެއް ނޫން ކަމަށް އޮންލައިންކޮށް އެނގިފައި ވާތީ ކަމުގައެވެ. އެގޮތުން ބްރައިން ވަނީ އަންހެނުންނަށް ފަރުވާ ކުރުމަށް ޓަކައި ފައިސާ ހޯދުމަށް ޓެކްސީ ދަތުރު ވެސް ކޮށްފައެވެ. އަދި އެ ދަތުރު ތަކުގައި އޭނާ މާސްކު ވެސް ބޭނުން ކޮށްފައި ނުވާ ކަމުގައި ރިޕޯޓް ތައް ބުނެއެވެ.
މެއި މަހު މި ދެމަފިރިން ބަލިވެގެން ޑޮކްޓަރަށް ދެއްކިއިރު މި ދެމަފިރިން ވެސް ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.
ބީބީސީ އަށް ބްރައިން ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އެންމެ ފުރަތަމަ ވެސް ސިއްހީ މީހުންގެ ބަސް އެހުނު ނަމައޭ މިހާރު ހިތަށް އަރާ ކަމަށެވެ.