ޚަބަރު ދުނިޔެ

ޝަހީދުންގެ އަދަދު 10،000 ފަހަނައަޅައި ގޮސްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަަަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޔަހޫދީން ޝަހީދުކޮށްލި މީހުންގެ އަދަދު 10،022އަށް އަރައިފިއެވެ.

Ads by Sosun Fihaara
Ads by STELCO

ހަނގުރާމަފެށިފަހުން، ހުޅަނގުއައްސޭރިން އެކަނި ވެސް 152 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ހަނގުރާމަ ދިގުދެމިގެންދާއިރު، ޔަހޫދީން ހަމާސް ޖަމާޢަތަށް ހަމަލާ ދިނުމުގެ ނަމުގައި އަންނަނީ އެއްވެސް ކުށެއް ނެތް، ފަލަސްޠީނުގެ ކުޑަކުދިން ޝަހީދު ކުރަމުންނެވެ. ހަމާސް ޖަމާޢަތުން ބުނީ ހަނގުރާމައިގެ މައިދާނުގައި ޔަހޫދީން އަންނަނީ ބަލިވަމުން ކަމަށާއި، މި ބައްޔާއިއެކުގައި، ހޮސްޕިޓަލުތަކާއި ގުޅުވައިގެން ވެސް ޔަހޫދީން އަންނަނީ ދޮގު ޚަބަރުތައް ފަތުރަމުން ކަމަށެވެ.

އިޒްރޭލުން ބުނަނީ ހޮސްޕިޓަލުތަކުގެ އަޑީގައި ހަމާސްގެ ބިންގަރާސްތައް ހުރި ކަމަށެވެ. މިކަން ހަމާސްއިން ސާފުކޮށް ދޮގު ކުރަމުން އަންނައިރު، ޔަހޫދީންގެ ހަމަލާތައް އަންނަނީ ޣައްޒާގެ ހޮސްޕިޓަލުތަކަށް ވެސް އަމާޒު ކުރަމުންނެވެ. އެގޮތުން މިއަދު ވެސް އަލް ޝިފާ ހޮސްޕިޓަލުގެ ސޯލަރ ޕެނަލް ފުރާޅަކަށް ހަމަލާ ދީފައިވާއިރު، ޣައްޒާގެ 46 އިންސައްތަ ހޮސްޕިޓަލުގެ ޚިދުމަތް އެކި ސަބަބުތަކާއިހުރެ ވަނީ ހުއްޓިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!