ދުނިޔެ

އީރާނުން ޕާކިސްތާނުގެ ރެފިއުޖީންނަށް އިހާނަތްތެރިކޮށް ހިތިކަމުގެ ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދާދި ފަހުން އީރާނުން އެނބުރި އައި އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ ހިޖުރަވެރިން އީރާނުގެ ސަލާމަތީ ބާރުތަކުން ގޯނާކުރާ ކަމުގެ ޝަކުވާ ކޮށްފައިވާ ކަމަށް ޓޯލޯ ނިއުސް އިން ބުނެ އެވެ. ޖިސްމާނީ އަނިޔާގެ އިތުރުން އީރާނުގެ އަސްކަރިއްޔާއިން ބަހުގެ ހަމަލާތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް މި ރެފިއުޖީން ބުނެއެވެ. ނިމްރޯޒް ޕްރޮވިންސްގެ ލޯކަލް އޮފިޝަލުން ވަނީ މި ހިތާމަވެރި ހާލަތު ކަށަވަރުކޮށްދީ، ހިތްދަތި ތަފާސް ހިސާބުތައް ހާމަކޮށްފައެވެ.

Ads by Sosun Fihaara

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އީރާނުން އެނބުރި އައި އަފްޣާންގެ 120،000 ރެފިއުޖީންގެ ތެރެއިން 90 އިންސައްތަ ރެފިއުޖީން ވަނީ ގަދަކަމުން ޑީޕޯޓްކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިމްރޯޒްގެ ރެފިއުޖީ އެންޑް ރިޕެޓްރިއޭޝަންސްގެ ޕްރޮވިންޝަލް ހެޑް އަބްދުالله ރިޔާޒް ވިދާޅުވީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 120،000 ރެފިއުޖީން އީރާނާއި އެހެނިހެން ގައުމުތަކުން އަފްޣާނިސްތާނަށް އެނބުރި އައިސްފައިވާ ކަމަށާއި އޭގެ ތެރެއިން 90 ޕަސެންޓް ރެފިއުޖީން މަޖުބޫރުކޮށް ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

އިރާނުން އައި ރެފިއުޖީންގެ ތެރޭގައި ހިމެނޭ ވައިސުއްދީން ބުނި ގޮތުގައި އެމީހުން ޑީޕޯޓްކޮށްލުމުން މަސައްކަތަށް ދާން ބޭނުންވި ނަމަވެސް އެމީހުން އަހަރެމެން އަނބުރާ ކޭމްޕަށް ފޮނުވީ ކާއެއްޗެހި ވެސް ނެތް، ފެން ވެސް ނެތް ތަނަކަށް ކަމަށާއި ކަމާ ބެހޭ ފަރާތްތަކުގެ ފަރާތުން އަހަންނަށް ލަދުވެތިކަމާއި ޖިސްމާނީ އަނިޔާތައް ވެސް ކުރިމަތިވި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!