ޚަބަރު

އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާަތަށް ވެރިކަމާ ޙަވާލުވެވޭނެ ގޮތަށް ބަދަލު ގެންނަން ޖެހޭ: ޢަމްރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބު ނިމުމާއެކު، އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތަށް ވެރިކަމާ ހަވާލުވެވޭ ގޮތަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ)ގެ ކުރީގެ އެމްޑީ ހުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޢަމްރު މިގޮތަށް ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ މިހެން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓުތައް ހަވާލުކުރުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުޚައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެދުނު ނަމަވެސް އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނުމުންނެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރު ދެމިއޮތްހާ ދުވަހެއްގައި އެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ.

އަދި އާ ސަރުކާރު ހަވާލުވުމާއި ހަމައަށް ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4،000 ފްލެޓުގެ ދާއިމީ ލިސްޓާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ އެ ފްލެޓުތައް ޙަވާލު ނުކުރުމަށް އޭސީސީން އަންގައިފައިވާއިރު، ފްލެޓް ލިބުނު މީހުންނަށް ޕޮއިންޓް ދިން ގޮތާއި މެދުގައި ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އަދި ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުންނާއި، އެ ބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ފްލެޓު ދީފައި ހުރުމުން، މިކަމަށް ސަރުކާރުން ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގައިފައިވާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

Ads by Allied Insurance
  1. ހުސޭނުބެ

    އެެސްޓީއޯގެ އެމްޑީއަކަށް އިބްރާހިމް މުހަންމަދު ސަޯލިހު މީނަ ލީމާ، ކުރިން ވެރިކަން ކުރިމީަހަކަށް ވުރެންވެސް މީނަގެ އަނގަ ބޮޑުވެއްޖެއެވެ. ނުބެހޭ އެއްކަމެއް ނޭގޭ އެއްކަމެއް ނެތެވެ. މީއަޅެ ކާކުހެއްޔެވެ؟

  2. ޢަައިމާ

    ޔާމީން ކިހިނެއް އިބޫއާއި ވެރިކަން ހަވާލު ކުރީ
    16 ނޮވެމަބަރ ވަނަ ދުވަހުގެ ރޭ 12.00 އާ ހަމައަށް ފުލެޓް ގެ ކަންތައް ކުރިއަށް ގެންދިއަކަން އަހަރުމެން ހަދާންނުނެތޭ
    ޢަމުރު ތިހިރީ ގޮރުހެޑިފަ
    ތިއުޅެނީ މަގާމެއްލިބޭތޯ