ދުނިޔެ

އިންޑިޔާގެ ޕެޓެންޓް ފައިލިންގ ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ އިތުރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2022 ވަނަ އަހަރު ދުނިޔޭގެ ޕޭޓެންޓިންގެ ޙަރަކާތްތައް އާ ރެކޯޑްތަކަށް އުފުލިގެން ދިޔައިރު، އިންޑިޔާއާއި ޗައިނާގެ އިނޮވޭޓަރުންގެ އެހީގައި، އެ ޤައުމުތަކުގައި އިނޮވޭޝަން، އެންޓަރޕްރެނަރޝިޕް އަދި ޑިޖިޓަލައިޒޭޝަންގެ މިންވަރު އިތުރުވެގެން ދިޔައެވެ.

Ads by WAMCO

ޑަބްލިއުއައިޕީއޯ (ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން) ގެ އަހަރީ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އިންޑިކޭޓާސް (ޑަބްލިއުއައިޕީއައި) ގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރު އިންޑިއާ އަށް ކުރިމަތިލި ފަރާތްތަކުގެ ޕެޓެންޓް ފައިލިން 31.6 ޕަސެންޓް އިތުރުވެ، އެންމެ މޮޅު 10 ފައިލަރުންގެ ތެރޭގައި އެހެން އެއްވެސް ގައުމަކުން ނުފެނުނު 11 އަހަރުގެ ކުރިއެރުމެއް ވަނީ އިތުރުވެފަ އެވެ.

އެއަށްވުރެ ވެސް ފާހަގަކޮށްލެވޭ ކަމަކީ 2022 ވަނަ އަހަރު އިންޑިއާގައި ރެސިޑެންޓް ޕެޓެންޓް ފައިލިންގ (އިންޑިއަން ޕެޓެންޓް އޮފީހަށް ހުށަހަޅާފައިވާ) 47 އިންސައްތަ އިތުރުވެ 38،551 އަށް އަރާފައިވާއިރު، މިއީ އިންޑިއަން ޕެޓެންޓް އޮފީހަށް ހުށަހަޅާފައިވާ 77،068 ފައިލިންގގެ ދެބައިކުޅަ އެއްބައެވެ. އެހެންވީމާ، ފުރަތަމަ ފަހަރަށް، ބޭރުގެ ފައިލަރުންނާ ދެކޮޅަށް އިންޑިޔާގެ ރައްޔިތުން އިތުރު ޕެޓެންޓްތަކެއް ހުށަހަޅާފައިވާކަމަށާއި، މިއީ އިންޑިޔާގެ އިނޮވޭޝަން އިކޯސިސްޓަމް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ޑަބްލިއު.އައި.ޕީ.އޯއިން ނެގި ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިނޮވޭޓަރުން 2022 ވަނަ އަހަރު 3.5 މިލިއަން ޕެޓެންޓް އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، މިއީ ޖެހިޖެހިގެން ތިން ވަނަ އަހަރެވެ. ޖުމްލަ ގޮތެއްގައި ޗައިނާ، އެމެރިކާ، ޖަޕާން، ރިޕަބްލިކް އޮފް ކޮރެއާ އަދި ޖަރުމަނަކީ 2022 ވަނަ އަހަރު އެންމެ ގިނަ އަދަދަކަށް ޕެޓެންޓް ފައިލް ކުރި ގައުމުތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!