ދުނިޔެ

ޓައިވާނުގައި ޗައިނާގެ "ކޮމިއުނިސްޓް ޖާސޫސުން"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޓައިވާނުގައި ޗައިނާގެ "ކޮމިއުނިސްޓް ޖާސޫސުން"

ޓައިވާނުން ޗައިނާގެ "ކޮމިއުނިސްޓް ޖާސޫސުންނަށް" އަމާޒުކުރަނީ މުހިންމު ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ކުރިން، ބެއިޖިންއާ އެ ރަށުގެ ގުޅުން އޮންނާނީ ވޯޓުގައި ކަމަށް ބެލެވެ އެވެ.

Ads by Sosun Fihaara

ޓައިވާނާއި ޗައިނާ އިން އެކަކު އަނެކަކަށް ޖާސޫސް ކުރަމުން ދަނީ 1949 ވަނަ އަހަރު ޗައިނާގެ ނޭޝަނަލިސްޓުން ޓައިޕޭގައި ވަކި ސަރުކާރެއް އުފައްދައި މާއޯ ޒޭޑޮންގްގެ ކޮމިއުނިސްޓް ޗައިނާއާ ދެކޮޅަށެވެ.

ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި ޓައިވާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދައުވާތަކާއި ކުށްސާބިތުކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ބެއިޖިންއަށް އަސްކަރީ ޖާސޫސީ އަނގޮޓިއެއް ހިންގުމުގެ ކުށް ސާބިތުވެ އެއާފޯސްގެ ރިޓަޔާޑް ކާނަލް ލިއު ޝެންގް-ޝޫ 20 އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ޓައިވާންގެ މިނިސްޓްރީ އޮފް ޖަސްޓިސް އިންވެސްޓިގޭޝަން ބިއުރޯއިން 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދު ރަޖިސްޓްރީކޮށްފައިވާ ޖާސޫސީ 44 މައްސަލައާ އަޅާބަލާއިރު މިއަހަރު ފެށުނީއްސުރެ ޗައިނާއަށް ޖާސޫސްކުރި ކަމުގެ ތުހުމަތު 16 މީހެއްގެ މައްޗަށް ވަނީ ކޮށްފައެވެ.

މިއީ އަމިއްލަ އަށް ވެރިކަން ކުރާ އެ ރަށުގެ މައްޗަށް ޗައިނާއިން ދައްކާ ވާހަކަތައް އިތުރަށް ނުރައްކަލަށް ބަދަލުވެ، އަސްކަރީ އަދި ސިޔާސީ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޓައިވާނަށް އެމެރިކާގެ ތާއީދު އިތުރުވަމުން އަންނައިރު، އެ ރަށް ހިފުމަށް ބާރުގެ ބޭނުން ކުރާނެ ކަމަށް ބެއިޖިން އިން އިންކާރުކޮށްފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބެއިޖިންއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖާސޫސްކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރަމުންނެވެ. އަދި ވޮޝިންޓަނުން ވެސް ދަނީ ޗައިނާއާ ބެހޭ ގޮތުން އިންޓެލިޖެންސް އެއްކުރުން އިތުރު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!