މާނިއު ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލްމާނިއު ހުސައިން މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މާނިއު މިއަދު މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފުވެފައެއް ނުވެއެވެ.
ޖޭއެސްސީގައި މާނިއު ހުންނެވީ ޤާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރުގެ ގޮތުގައެވެ.
އެގޮތުން ޤާނޫނީ ވަކީލުންގެ މެދުގައި ވޯޓުލައިގެން ހޮވާ މި މަޤާމަށް މާނިއު ހޮވުނީ 199 ވަކީލުންގެ ވޯޓުންނެވެ.
މާނިއު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ޖުލައި 31، 2019 ގައެވެ.