ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ނަޝީދު މާލެ ވަޑައިގެންފި

ދުނިޔެއަށް އަންނަ އެކި ބަދަލުތަކާއި ގުޅޭ ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެއަށް ވަޑައިގެންފިއެވެ.
ގިނަ ގައުމުތަކެއް ބައިވެރިވާ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސަކީ އެކި ގައުމުތަކުގެ ނުފޫޒުގަދަ ބޭފުޅުންނާއި ބަސްކިޔޭ ޔުނިވާސިޓީތަކުން އެއްތަންވެ ދިމާވާ ދަތިތަކާއި އެ ދަތިތަކަށް ހައްލު ހޯދުމަށް ވާހަކަ ދައްކާ ކޮންފަރެންސެކެވެ. އެގޮތުން މިމަހު އޮންނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސުގައި ގްރެނެޑާގެ ރައީސް ޑިކޮން މިޗްލެވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ކޮންމެ އަހަރުކުވެސް ލަންޑަނުގެ ހެންލީ އެންޑް ޕާޓްނާސް ކޮންސަލްޓަންސީއިން ބާއްވާ އެ ކޮންފަރެންސަކީ އާންމު ގޮތެއްގައި ކުރު ކޮންފަރެންސެކެވެ.
ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ދުނިޔެއަށް އަންނަ ބަދަލުތަކާއި އެ ބަދަލުތަކުގެ ތެރެއިން ރަށްވެހި މީހާއަށް ކުރާ އަސަރުތަކާއި ބެހޭގޮތުން ވާހަކަދައްކާނެއެވެ. އަދި މީގެ އިތުރުންވެސް، އިންސާނީ ހައްގުތަކާއި ބެހޭގޮތުންވެސް އެ ކޮންފަރެންސްގައި އިންސާފު ކުރެވިގެން ދާނެއެވެ. އަދުގެ ދުނިޔޭގައި ޓެކްނޮލޮގީ ބޮޑު ދައުރެއް އަދާކުރަމުން ދިޔުމުން، އެކަމުގެ ސަބަބުން އިންސާނާގެ ދިރިއުޅުމަށް ކުރާ އަސަރުތަކާއި ބެހޭގޮތުންވެސް އެ ކޮންފަރެންސްގައި ތަގުރީރު ކުރައްވާނެއެވެ.
ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަން ދުބާއީއަށް ފުރައި ވަޑައިގެންނެވީ މިމަހުގެ 7ވަނަ ދުވަހުއެވެ.