ޚަބަރު

މާލޭގެ ގެއެއްގެ ބެލްކަނީ ވެއްޓި މީހަކަށް އަނިޔާވެއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާލޭގެ މާފަންނު ގެއެއްގެ ބެލްކަނީ އިން ބައެއް ވެއްޓި މަގުމަތީ ހުރި މީހަކަށް އަނިޔާވެއްޖެއެވެ.

Ads by STELCO

މިކަން ހާމަކޮށް ފުލުހުން "ދެން އޮންލައިން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ މާފަންނު ގެއެއްގެ ބެލްކަނީ އިން ބައެއް ވެއްޓި މަގުމަތީ ހުރި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ހުރި ސައިކަލްތަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:18 ހާއިރު ކަމަށެވެ.

މީގެ އިތުރުން މި ހާދިސާގައި ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އެހެން ކަމުން އޭނާ އަށް މި ވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ކަމާގުޅޭ އިދާރާތަކާއި ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އިމާރާތުގެ ބެލްކަނީގެ ބޮޑުބައެއް ވަނީ މަގުމައްޗައް ވެއްޓިފައެވެ. އަދި  މި ހާދިސާ ހިނގާފައިވަނީ މާފަންނު 2 މާޓް ކަންމަތީ ހުރި ގެއެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!