ދުނިޔެ

އެންޓި އެއާކްރާފްޓް މިސައިލް އުފެއްދުމަށް ރަޝިއާއިން އިންޑިއާއަށް ސަޕްލައިކޮށް ލައިސަންސް ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަތިޔާރު އެކްސްޕޯޓްކުރާ އިސް އޮފިޝަލަކާ ހަވާލާދީ ރަޝިއާގެ ދައުލަތުގެ ނޫސް އޭޖެންސީ ޓާސް އިން އަންގާރަ ދުވަހު ބުނީ އިންޑިއާއަށް އިގްލާ-އެސް ގެ އަތުގައި އޮތް އެންޓި އެއާކްރާފްޓް މިސައިލް ސަޕްލައިކޮށް ލައިސަންސްގެ ދަށުން އިގްލާ އުފެއްދުމުގެ ހުއްދަ ދިނުމުގެ އެއްބަސްވުމުގައި ރަޝިއާއިން ސޮއިކޮށްފައިވާ ކަމަށެވެ.

Ads by WAMCO

އިގްލާ-އެސް އަކީ ދުޝްމަނުންގެ މަތިންދާ ބޯޓެއް ވައްޓާލުމަށް ވަކި ފަރުދަކަށް ނުވަތަ ކްރޫއަކަށް ބަޑި ޖަހައިފާނެ މޭން ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމް (މަންޕެޑްސް) އެކެވެ.

"އަޅުގަނޑުމެން މިހާރު ވެސް އެކަމާ ގުޅޭ ލިޔުމެއްގައި ސޮއިކޮށްފައި، މިހާރު އިންޑިއާގެ އަމިއްލަ ކުންފުންޏަކާ ގުޅިގެން އިންޑިއާގައި އިގްލާ-އެސް މަންޕެޑްސް އުފެއްދުމުގެ ކަންކަން އިންތިޒާމު ކުރަމުން މިދަނީ،" ސްޓޭޓް ހަތިޔާރު އެކްސްޕޯޓްކުރާ ރޮސޯބޮރޮންއެކްސްޕޯޓްގެ ވެރިޔާ އެލެގްޒެންޑާ މިކޭޔޭވް އާ ހަވާލާދީ ޓާސް އިން ބުންޏެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އެތެރެކުރާ ގައުމަށް ވާއިރު، ޔޫކްރެއިންގައި ހިނގި ހަނގުރާމައިގެ ސަބަބުން އެގައުމުގެ އަސްކަރިއްޔާއާއި ހަތިޔާރުގެ އަގު ވައްޓާލި ނަމަވެސް ރަޝިއާއަކީ އެގައުމުގެ އެންމެ ބޮޑު ސަޕްލައިކުރާ ގައުމެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު އިންޑިއާއިން ހަތިޔާރު އެތެރެކުރި މުދަލުގެ 45 ޕަސެންޓް ހިއްސާކޮށްފައި ވަނީ ރަޝިއާއިން ކަމަށާއި ފްރާންސުން 29 ޕަސެންޓް އަދި އެމެރިކާއިން 11 ޕަސެންޓް ފޯރުކޮށްދީފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!