ނުފިއްލަވާނެ ކަމަށް ވަޢުދު ވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދެއްކި ކޮންމެ ވާހަކައެއް, ކޮންމެ ވަޢުދެއް ފުއްދަވައިދޭނެ ކަމަށް
ރައްޔިތުންނާއި މުހާތަބުކޮށް ޕޯޑިއަމްގައި ދެއްކި ކޮންމެ ވާހަކައެއް އެ ދެއްކި ގޮތަކަށް ފުއްދަވައިދެއްވާނެ ކަމުގެ އަޒުމާއެކީގައި އެ ނިޔަތުގައި ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އިންތިޚާބީ ރައީސް މުޢިއްޒު ވިދާޅުވީ އެ މަނިކުފާނު އެކި ޕޯޑިއަމްތަކުގައްޔާއި، މެނިފެސްޓޯގައި ހިމެނުއްވި ކޮންމެ ކަމެއް ވެސް، އެއީ އެންމެ ފުރިހަމައަށް ކުރައްވާނެ ކަންކަން ކަމަށެވެ.
ޕޯޑިއަމްތަކުގައި ދެއްކި ކޮންމެ ވާހަކައެއް، ކޮންމެ ޖުމްލައެއް އިރާދަކުރެއްވިއްޔާ، އެ މަނިކުފާނުގެ ޓީމުން ރައްޔިތުންނަށްޓަކައި ހާސިލްކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވެފައި ވެއެވެ.
ހަމަ އެހެންމެ ފުރަތަމަ 100 ދުވަސް ތެރޭގައި ސަރުކާރުން ކުރަން ރާވައިފައިވާ ކަންކަމަށްވުރެ އިތުރަށް ވެސް ކަންކަން ހާސިލު ކުރުމަކީ އަމާޒެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޑރ. މުޢިއްޒުގެ ސަރުކާރުގެ ދެ ފުށް ވެސް ރައްޔިތުންނަށް ފެންނާނެ ކަމަށް ވިދާޅުވަމުން އެ މަނިކުފާނު މިރޭ ވެސް ދެއްވި ޔަޤީން ކަމަކީ އެއްވެސް ކަމެއް ނުފޮރުވާނެ ކަމުގެ ޔަޤީންކަމެވެ.
މި ރަސްމިއްޔާތުގައި އިންތިޚާބީ ރައީސް މުޢިއްޒު ވަނީ 172 ވަޢުދު ހިމެނޭ ހަފްތާ14 މަގުޗާޓުގެ އިތުރުން، ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ދުވަހުން ފެށިގެން، އެކި ރަށްރަށުގެ ޕޯޑިއަމްތަކާއި ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ދެއްކެވި ހުރިހައި ވާހަކަފުޅެއް ހިމެނޭ ފޮތެއް ވެސް ނެރުއްވާފައެވެ.
އަޅުގަނޑު ދެކޭގޮތުގައި ތިއީ ވަރަަށް ސާފު ތާހިރު ހިތެއްގެ ވެރިއެކެވެ. ތިޔަ ރައީސަށް އަޅުގަނޑުގެ ހެޔޮނިޔަތާއިއެކު ބަރަކާތް ލައްވާށި! އާމީން.
ވެރިކަމުގެ ދަހިވެތި ކަމުގަ ވަރަށްގިނަ ވައުދުތައް ވެއްޖެ. ޔަގީންކަމާއެކު މމިބުނަނީ އެހުރިހާ ވައުދެއް ފުއްދުމަކީ މުސްތަޙީލު ކަމެކޭ. ދުނިޔޭގަ ތިިބި ބަޔަކަށް ފެންނާނެ.