ޚަބަރު ޝަރުޢީ ދާއިރާ

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީގެ ކުރީގެ މެންބަރު މާނިއު ހަމަޖައްސައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަބްދުލްމާނިއު ހުސައިން މިއަދު އައްޔަން ކުރައްވައިފިއެވެ.

Ads by MWSC

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަޤާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަޙުމަދު ޝަކީލް ރިޓަޔާ ކުރެއްވުމުންނެވެ.

އެ މަޤާމަށް ކުރިމަތިލާން ހުޅުވާލުމުން މާނިއު ހިމެނޭހެން ނުވަ ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަން ކުރެއްވީ ޖޭއެސްސީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖޭއެސްސީގެ މެންބަރުކަމުން މާނިއު އިސްތިއުފާ ދެއްވީ މި ހަފުތާތެރޭގައެވެ.

ޖޭއެސްސީގައި މާނިއު ހުންނެވީ ޤާނޫނީ ވަކީލުން ތަމްސީލު ކުރައްވާ މެންބަރުގެ ގޮތުގައެވެ.

މާނިއު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވީ ޖުލައި 31، 2019 ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!