ޓިކްޓޮކް މަނާކުރަން ސަރުކާރުން ނިންމި ނިންމުމަށް ނޭޕާލްގެ ރައްޔިތުން މަރުހަބާ ކިޔައިފި
ޗައިނާގެ ވީޑިއޯ ޕްލެޓްފޯމް ޓިކްޓޮކް ނޭޕާލުގައި މަނާކުރުމާ ގުޅިގެން އާންމުން ވަނީ އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ދީފަ އެވެ.
ޓިކްޓޮކް މަނާކުރަން ނިންމި ނިންމުމަށް ނޭޕާލްގެ މެދުތެރޭގެ ޗިތުވާންގެ ރައްޔިތުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި މި މަނާކުރުމުގެ ސަބަބުން މުޅި މުޖުތަމައުއަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ފަރުދީ ވިސްނުމާއި އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް ހިޔާލު ތަފާތުވެދާނެ ނަމަވެސް، ޓިކްޓޮކް މަނާކުރުމުގެ ފިޔަވަޅެއް ސަރުކާރުން އަޅައިފިނަމަ އޭގެ ހެޔޮ އަސަރު އަޅުގަނޑުމެންގެ ގައުމަށް ކުރާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ޙައްލުކުރަންޖެހޭ މައިގަނޑު މައްސަލައަކީ ޓިކްޓޮކްގައި ޤާނޫނީ ޤަވާއިދުތައް ހިމެނުމަކީ، އަޅުގަނޑުމެންގެ ޤައުމުގައި ނެތް ކަންކަން. އެހެންވީމަ އެކަމުގެ ސަބަބުން އެކި މުޖުތަމައުތަކާއި ދީންތަކުގެ މީހުންގެ މެދުގައި ހަމަހަމަކަން އުފެދުނު، އެއީ ހަގީގަތުގައި ވެސް ތަފާތު ގައުމެއް ކަމަށްވާ ނޭޕާލާ އިދިކޮޅަށް ދިޔަ ކަމެއް،" މެޑިކަލް ޕްރޮފެޝަނަލެއް ކަމަށްވާ ދޭވޭޝް އޮފިކާރީ އޭއެންއައި އަށް ވިދާޅުވި އެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް މަނާކުރަން ނޭޕާލުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމައިފިއެވެ. ނޭޕާލް ސަރުކާރުގެ ތަރުޖަމާނު އަދި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު ރޭކާ ޝަރުމާ ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ކެބިނެޓް ގެ ބައްދަލުވުމުގައި ސޯޝަލް މީޑިއާ މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޓެކްނިކަލް ގޮތުން މުޅިން މަނާކުރަން ފަހުން އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓަރު ޝަރުމާ ވަނީ ފޯނުން އޭއެންއައި އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
"މިއަދުން ފެށިގެން ޕޮލިސީ ލެވެލްގައި ނޭޕާލްގައި ޓިކްޓޮކް ވަނީ މަނާކޮށްފައި. މަނާ ކުރުމުގެ ޓެކްނިކަލް ކަންކަމަށް ވަގުތު ނަގާނެ އެވެ. މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އިން މި މަނާއަށް އަމަލުކުރަން މަގުފަހިކޮށްދޭނެ،" މިނިސްޓަރު ޝަރުމާ ވިދާޅުވި އެވެ.
ނޭޕާލް ސަރުކާރުން މިގޮތަށް ނިންމާފައި މިވަނީ ޓިކްޓޮކުގައި ޝެއާކޮށްފައިވާ ކޮންޓެންޓްތަކުން އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫ އަރާ، އާއިލާ ރޫޅި، އިޖުތިމާއީ ގުޅުންތަކަށް ބުރޫ އަރާފައިވާ ދަނޑިވަޅެއްގައެވެ.