މާލެ ސިޓީގެ މޭޔަރު ކަމުން ޑރ. މުޢިއްޒު އިސްތިއުފާ ދެއްވައިފި

މާލެ ސިޓީގެ މޭޔަރު ކަމުން ޑރ. މުޢިއްޒު އިސްތިއުފާ ދެއްވައިފިއެވެ.
އެކްސްގައި ޑރ. މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލެ ސިޓީގެ މޭޔަރ ކަމުން މިއަދު އެމަނިކުފާނު އިސްތިއުފާ ދެއްވާފައިވާ ކަމަަށެވެ. އަދި މި ފުރުސަތުގައި، މާލެ ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އެމަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ވަނީ ޝުކުރު ދަންނަވާފައެވެ.
މާލެސިޓީގެ މޭޔަރުކަމަށް ހޮއްވެވުމަށް މާލެ ސިޓީ ރައްޔިތުންގެ ފަރާތުން ލިބުނު ތާއީދަށްވެސް މުއިއްޒުވަނީ ޝުކުުރުދަންނަވާފައެވެ.