ޚަބަރު

ފެހެންދޫއިން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބ. ފެހެންދޫއިން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ފެނިގެން އެ ރަށް މޮނިޓަރ ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ ފެހެންދޫގައި ހުރި ގެސްޓްހައުސަކަށް އައި ފަތުރުވެރިއެއްގެ ގައިން ބަލީގެ އަލާމަތްތައް ފެންނަކަމަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

އަދި އެކަމާއި ގުޅިގެން ފެހެންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށާއި، އަދި ޑޮކްޓަރުންގެ ޓީމެއް ފެހެންދޫއަށް ދަތުރުކުރަމުން ދާކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުގީ ސިކްސެންސެސް ލާމުގައި ހަތަރު ބިދޭސީއަކު އައިސޮލޭޓްކޮށްފައިވާކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ހަތަރުމީހުންގެ ކިބައިންވެސް ބަލީގެ އަލާމަތްތައް ފެންނަމުން ނުދާކަމަށް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!