ޚަބަރު

ފެނަކަ ކޯޕަރޭޝަން ހަތަރު މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައީދު

އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް 21 ރަށެއްގައި އިންޖީނުގެ ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވާތީ 4.2 މިލިއަން ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފިއެވެ.

Ads by MWSC

މިކަން ހާމަކޮށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވީ ފެނަކައިން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް 21 ރަށެއްގެ އިންޖީނު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ އެޖެންސީ އަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި 4.2 މިލިއަން ރުފިޔާ ޖޫރިމަނާ ފައިސާގެ ގޮތުގައި އީޕީއޭއަށް ދެއްކުމަށް އެ އެޖެންސީން އަންގާފައިވާ ކަމަށެވެ.

ހަމަ އެހެންމެ މީގެ ކުރިން ވެސް ފެނަކަ ކޯޕަރޭޝަނުން ހަ ފަހަރެއްގެ މަތިން ގަވައިދާ ހިލާފުވުމާ ގުޅިގެން އީޕީއޭ އިން ފިޔަވަޅު އަޅާފައިވާ ކަމަށް އެ އެޖެންސީން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން އީޕީއޭ އިން ވަނީ ގަވައިދުގައި ބުނާ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ނުވަތަ އީއައިއޭ ރިޕޯޓު ފުރިހަމަނުކޮށް އިންޖީނު ގެ އަޅާ ރަށްތަކަކީ ހއ. އުލިގަމާއި ހއ. އުތީމާއި ހއ. ދިއްދު އާއި ހއ. މުރައިދު އާއި ހއ. މޮޅަދު އާއި ހދ. ފިނޭ އާއި ހދ. ކުޅުދުއްފުއްޓާއި ހދ. ކުމުންދު އާއި ށ. ފޭދޫ އާއި ށ. މާއުނގޫދު އާއި ށ. ކޮމަންޑު އާއި ނ.ފޮއްދު އާއި ނ. ކެނދުކުޅުދު އާއި ރ.ރަސްގެތީމާއި ރ. ކިޅޮހާއި ޅ.ކުރެންދު އާއި ދ. މީދު އާއި ލ.މާބައިދު އާއި ގދ. މާވަރުލު އާއި ގދ.ރަތަފަންދޫ އަދި ގއ. ވިލިނގިލި ހިމެނެ އެވެ.

Ads by HDC
  1. ދުންމާރި

    ތި ހޫރިމަނާ ދައްކަން ޖެހޭނީ ސަރުކާރުން.މާނައަކީ ރައްޔިތުން.

    އެކަން ތިގޮތަށް ކުރިމީހުން ހޫރިމާނާ ކޮށްބަލަ.
    ކޮންމެވެސް ނަމެއްގް ދައުލަތުގެ ލާރިގަނޑެއް ދަމާގަންނަނީ ކަމަށް ބެލޭނެ ޖާގަ އެނަ އޮތް ތާ ދޯ….