ދުނިޔެ

ޕާކިސްތާނަށް ދޭ އެހީ "މެދުކަނޑާލަން" އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެދިވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ކޮންގްރެސްގެ 11 މެމްބަރަކު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޕާކިސްތާނަށް ދުސްތޫރީ ހަމަޖެހުން ގާއިމުކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަންދެން ކުރިއަށް އޮތް ތަނުގައި އެމެރިކާއިން ޕާކިސްތާނަށް ދޭ އެހީ ހިފެހެއްޓުމަށް ބައިޑަންގެ ސަރުކާރަށް ގޮވާލާފައެވެ.

Ads by WAMCO

އެ މެމްބަރުން އެދިވަޑައިގަތީ ޕާކިސްތާނުގައި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގުމަށް އެމެރިކާ އަށް ނިސްބަތްވާ ސަލާމަތީ އެހީގެ ސަބަބުން މަގުފަހިވިތޯ ބެލުމަށް ލެހީ ގާނޫނާއި ފޮރިން އެސިސްޓެންސް ގާނޫނުގެ 502 ވަނަ މާއްދާގެ (ށ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ގާނޫނީ ނިންމުމެއް ކަނޑައެޅުމަށެވެ.

"ޕާކިސްތާނުން ދުސްތޫރީ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތް ކުރެވެންދެން، މުސްތަގުބަލުގައި ސަލާމަތީ އެހީތެރިކަން ދެމެހެއްޓުމަށް އެދެމެވެ.

ދީނަށް ފުރައްސާރަކުރުމުގެ ގާނޫނު އިތުރަށް ހަރުދަނާ ކުރުމަށް އެގައުމުން އެޅި ފިޔަވަޅުތައް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވާ އިރު، އެ ސިޓީގައި ސެކްރެޓަރީ ބްލިންކެން އަށް އިންޒާރު ދީފައި ވަނީ، ހުށަހަޅާފައިވާ ބަދަލުތަކުގެ ބޭނުން ކުދި ދީނީ ޖަމާއަތްތަކާއި މައިނޯރިޓީތަކުގެ ވަށައިގެން ވާ ގޮތަށް އިތުރަށް ހަރުކަށި ކުރުމަށް ކަމަށެވެ.

އިލްހާން އުމަރު ގެ އިތުރުން ކޮންގްރެސްގެ ގާތްގަނޑަކަށް ޑަޒަނެއްހާ މެންބަރުން ވަނީ ގާނޫނު އަސާސީގެ އަމުރު އިއާދަކޮށް، ދީނަށް ފުރައްސާރަކުރުމުގެ ގާނޫނަށް ގެނައި ބަދަލުތައް އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

"ޖިނާއީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު 2023 ފާސްވުމުން ވަރަށް ކަންބޮޑުވޭ، އެ ބިލުގެ ސަބަބުން ދީނީ މައިނޯރިޓީންނަށް އަނިޔާކުރުމަށް ތާރީޚީ ގޮތުން ބޭނުންކުރަމުން އަންނަ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ގާނޫނު ހަރުދަނާވެގެންދާނެ،" މެމްބަރުން ލިޔުއްވާފައިވެ އެވެ.

އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ފުރިހަމަ އިޖުރާއަތެއް ގެނައުމަށް ގިނަ މެމްބަރުން ތަކުރާރުކޮށް ގޮވާލެއްވި ނަމަވެސް ރައީސް ސޮއި ނުކުރައްވާ އެ ބިލު ފާސްކުރީ އަވަސް އަރުވާލައިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!