ޚަބަރު

އައްޑޫން ގެއްްލުނު ފުލުހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައްޑޫ ސިޓީން ގެއްލިގެން ހޯދަމުންދިޔަ ފުލުހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by MWSC

އައްޑޫ ސިޓީން ރޭ ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 22 އަހަރުގެ ފިރިހެން ފުލުހަކެވެ. ފުލުހުން މިއަދު ވިދާޅުވީ، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމެންޓްގައި ޑިއުޓީ ކުރާ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމާއި، އެއްވެސް ހަބަރެއް ނުވާ ކަމަށް ރޭ 12:40 ހާއިރު އެހާކަންހާއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އަދި އެ ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިިކޮށް ހިތަދޫ ސްވިމިންގެ ޓްރެކް ސަރަހައްްދު މޫދުން 1:40 ހާއިރު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އޭނާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!