ޚަބަރު

ކައިރީގައި ޗައިނާގެ އަސްކަރީ ތަމްރީނުތައް އިތުރުކޮށްފައިވާ ކަމަށް ޓައިވާނުން ރިޕޯޓްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އަސްކަރީ ހަރަކާތްތައް އާކޮށްފައިވާ ކަމަށް އައިވާން އިން ރިޕޯޓްކޮށްފައިވާ އިރު، އޭގެ ތެރޭގައި ޓައިވާން ކަނޑުއޮޅިގެ ސެންސިޓިވް މީޑިއަން ލައިން ހުރަސްކުރާ ނުވަ މަތިންދާ ބޯޓާއި ހަނގުރާމަމަތީ އުޅަނދުތައް "ކޮމްބެޓް ރެޑީނެސް ޕެޓްރޯލް" ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Ads by Sosun Fihaara

ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނުގައި ޗައިނާގެ އިސްތިގުލާލު އޮތް ކަމަށް ބުނާ ޓައިވާނުގެ އިސްތިގުލާލުގެ މައްސަލާގައި ޓައިޕޭއަށް ޕްރެޝަރު ކުރަން ބެއިޖިން އިން މަސައްކަތް ކުރަމުންދާއިރު، އެ ގައުމުގެ ކައިރީގައި ޗައިނާގެ އަސްކަރީ ޕެޓްރޯލްތަކާއި ޑްރިލްތައް ކުރިއަށް ދާތާ ހަތަރު އަހަރު ވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވި އެޕެކް ސަމިޓަށް ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ހަފުތާގައި ސެން ފްރެންސިސްކޯއަށް ވަޑައިގަތުމުން ޓައިވާނުގެ ވަށައިގެން މިފަދަ އަސްކަރީ ހަރަކާތްތައް ވަނީ މަދުވެފަ އެވެ.

ޗައިނާގެ މަތިންދާބޯޓު އުފުލާ އުޅަނދު ޝަންޑޮންގް މޮނިޓާ ކުރަނީ ޓައިވާނުގެ ކީލޫންގް ކްލާސްގެ ހަނގުރާމަމަތީ ބޯޓަކުންނެވެ.
ޓައިވާނުގެ ކައިރީގައި އަސްކަރީ ތަމްރީނުތަކެއް ހިންގަނީ ވަކިވެގަތް މީހުންގެ "ބޮޑާކަމާ" ދެކޮޅަށް: ޗައިނާ
އިތުރު ކިޔެވުން
ނަމަވެސް ޓައިވާނުގެ ދިފާއީ ވުޒާރާއިން ބުނީ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ޗައިނާގެ ނުވަ މަތިންދާ ބޯޓެއް ޓައިވާން ކަނޑުއޮޅިގެ މީޑިއަން ލައިން ހުރަސްކުރާތަން ފެނިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެސްޔޫ-30 އަދި ޖޭ-10 މަރުކާގެ މަތިންދާ ބޯޓުތަކުގެ އިތުރުން އާލީ ވޯނިން އާއި އިލެކްޓްރޯނިކް ވޯފެއާ އެއާކްރާފްޓް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި އެ މަތިންދާބޯޓުތައް ޗައިނާގެ ހަނގުރާމަމަތީ އުޅަނދުތަކާއެކު "ޖޮއިންޓް ކޮމްބެޓް ރެޑިނެސް ޕެޓްރޯލް" ކުރަމުން ދިޔަ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ޓައިވާނުން މޮނިޓާ ކުރަން އަމިއްލަ ސިފައިން ފޮނުވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅިގެން ޗައިނާގެ ދިފާއީ ވުޒާރާގެ ބަހެއް ހޯދުމަށް ގުޅުމުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ޗައިނާއިން ބުނީ ޓައިވާނުގެ ކައިރީގައި ޗައިނާއިން ހިންގާ ހަރަކާތްތަކުގެ މަގުސަދަކީ ޓައިވާނުގެ ވަކިވެގަތް މީހުންނާއި އެމެރިކާއާ ދެމެދު އޮންނަ "ގުޅިފައިވާ" ކަންކަމަށް ހައްލެއް ހޯދައިދީ ޗައިނާގެ ސަރަހައްދީ އެއްބައިވަންތަކަން ހިމާޔަތްކުރުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!