ޚަބަރު

އިންޑިއާ މީހުންނަށް ވިސާއާ ނުލާ ވިއެޓްނާމަށް ދެވޭ ގޮތް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާ އާއި ތައިލެންޑަށް ފަހު ވިއެޓްނާމަކީ އިންޑިއާ މީހުންނަށް ވިސާ އާ ނުލައި އެތެރެވެވޭނެ މަންޒިލަކަށް ވާނެ ކަމަށް ބެލެވެ އެވެ. ވިއެޓްނާމްގެ މިނިސްޓަރ އޮފް ކަލްޗަރ، ސްޕޯޓްސް އެންޑް ޓުއަރިޒަމް ގުޔެން ވެން ހަންގް ލަފާދެއްވީ ކުޑަ ދުވަސްކޮޅަކަށް ވިސާއާ ނުލައި އިންޑިއާ މީހުންނާއި ޗައިނާއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދިނުމަށެވެ. ވިސާއާ ނުލައި ވިއެޓްނާމަށް އެތެރެވެވޭނީ ޖަރުމަނު، ފްރާންސް، އިޓަލީ، ސްޕެއިން، ޑެންމާކް، ސްވިޑަން އަދި ފިންލޭންޑްގެ ރައްޔިތުންނަށް އެކަންޏެވެ.

Ads by MWSC

ނަންބަރުތަކުގައި:

މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ވިއެޓްނާމަށް ޒިޔާރަތްކުރީ ގާތްގަނޑަކަށް 10 މިލިއަން މީހުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 4.6 ގުނަ އިތުރު އަދަދެކެވެ. މިއީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ވިއެޓްނާމުން އުއްމީދުކުރި އަދަދަށް ވުރެ ވެސް މަތީ އަދަދެކެވެ.
އިންޑިއާ މީހުންނަށް ވިސާ ފްރީ އެންޓްރީ

ދާދި ފަހުން ތައިލެންޑާއި ސްރީލަންކާއިން ވެސް ވަނީ އިންޑިއާއަށް ވިސާ ލުއިކޮށްދޭން ނިންމައިފަ އެވެ. ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ތައިލެންޑުން ވަނީ އިންޑިއާގެ ދަތުރުވެރިންނަށް ވިސާ ދޭން ޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ. މި ވިސާގެ ލުއިތަކުގެ ސަބަބުން އިންޑިއާގެ ޓޫރިސްޓުންނަށް 30 ދުވަސް ވަންދެން ތިބެވޭނެ ކަމަށާއި އަންނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ގޮތަށް އަމަލު ކުރާނެ ކަމަށެވެ. ތައިލެންޑުގެ ސަރުކާރުން ވެސް ވަނީ ޑިމާންޑް ބޮޑުވެއްޖެ ނަމަ މި ޕްރޮގްރާމް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމުގެ އިޝާރާތެއް ދީފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު ލަންކާއިން ވަނީ އިންޑިއާ، ޗައިނާ އަދި ރަޝިއާ ފަދަ ހަތް ގައުމަކުން ޒިޔާރަތްކުރާ މީހުންނަށް ވިސާ އާ ނުލައި އެތެރެވެވޭނެ ޕްރޮގްރާމެއް ވެސް ޓްރަޔަލް ޕީރިއަޑެއްގެ ދަށުން ފަށައިފަ އެވެ. މި ޕައިލެޓް ޕްރޮޖެކްޓް 31 މާރޗް 2024 ގެ ނިޔަލަށް ހަރަކާތްތެރިވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!