މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީއަކަށް ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާނުކޮށްފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާނީ ޕީއެންސީން ކަމަށެވެ.
އަދި އެ ޕާޓީގެ ޕާލިމެންޓްރީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކީ ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދުކަން އެ ޕާޓީން އަންގާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އާ ސަރުކާރު ކެބިނެޓަށް ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން އައްޔަން ކުރުމާއެކު މަޖިލީހުގައި އެ ދެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ވަނީ ފަހަކަށް މަދުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީގައެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މެންބަރުން ތިއްބެވީ އެމްޑީޕީން ވަކިވި މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސްގައެވެ.