ޚަބަރު

ޗައިނާގައި މިސްކިތްތައް ތަޅާ ކަމަށް ތުހުމަތުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އެ ޤައުމުގައި ހުރި މިސްކިތްތައް ބަންދުކޮށް, ހަލާކުކޮށް، އަލުން އިމާރާތް ކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) ތުހުމަތުކޮށްފ އެވެ.

Ads by MWSC

އެޗްއާރްޑަބްލިއު އިން ބުނީ މި ހަރުކަށި ފިޔަވަޅަކީ ޗައިނާގައި އިސްލާމް ދީންނަށް އުޅޭ މީހުންގެ އަޤީދާ ބަލިކަށި ކުރުމަށް "ސިސްޓަމެޓިކްކޮށް ކުރަމުންދާ މަސައްކަތުގެ" ދަށުން ހިންގާ ފިޔަވަޅެއް ކަމަށެވެ.

ޗައިނާގައި ގާތްގަނޑަކަށް 20 މިލިއަން މުސްލިމުން އުޅޭއިރު، އެއީ ދީނީ މިނިވަންކަމަށް ޖާގަދޭ ގައުމެއް ކަމަށް ބުނެއެވެ. ނަމަވެސް އެ ޤައުމަކީ އެތީސްޓް ޤައުމެކެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އެކްޓިން ޗައިނާ ޑިރެކްޓަރު މާޔާ ވަންގް ވިދާޅުވީ ޗައިނާ ސަރުކާރުން މިސްކިތްތައް ބަންދުކޮށް ހަލާކުކޮށް އަލުން އިމާރާތް ކުރުމަކީ ޗައިނާގައި އިސްލާމް ދީން ހުއްޓުވުމަށް ކުރާ ނިޒާމީ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

މިގޮތަށް ރިޕޯޓް އާއްމުވެފައިވަނީ ޗައިނާގެ ހުޅަނގު އުތުރު ޝިންޖިއާން ސަރަހައްދުގައި އުއިގޫރު މުސްލިމުންނާ ދެކޮޅަށް ނިޒާމީ ގޮތުން އިންސާނީ ހައްގުތަކަށް އަރައިގަތް ކަމުގެ ހެކި ތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ގިނަ މުސްލިމުން ދިރިއުޅެމުން ދަނީ އެގައުމުގެ ހުޅަނގު އުތުރުގައި ކަމަށްވާ ޝިންޖިއާން، ކިންގްހައި، ގަންސޫ އަދި ނިންގްޒިއާގައެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ނިންގްޒިއާއާއޯ ނަމަކަށް ކިޔާ އަމިއްލަ ސަރަހައްދުގައި އޮންނަ ލިއާއޯކިއާއޯގެ ހަ މިސްކިތެއްގެ ތެރެއިން ތިން މިސްކިތެއްގެ ގުނބުތަކާއި މުންނާރުތައް ނައްތާލާފައިވާ ކަމަށް އެޗްއާރުޑަބްލިއު އިން ބުނެ އެވެ. އަދި ބައެއް މިސްކިތްތަކުގެ ނަމާދު ކުރާ ސަރަހައްދު ތަޅާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޗައިނާގެ މުސްލިމުންނާ ބެހޭ އިލްމުވެރިއެއް ކަމަށްވާ ހަނާ ތީކަރް ބީބީސީއަށް ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން ނިންގްޒިއާގެ ގާތްގަނޑަކަށް 1300 އެއްހާ މިސްކިތް ބަންދުކޮށް ނުވަތަ ބަދަލުކޮށްފައިވާ ކަމަށެވެ. އެ އަދަދު ރަމްޒުކޮށްދެނީ މި ސަރަހައްދުގެ މިސްކިތްތަކުގެ ތިންބައިކުޅަ އެއްބައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!