ދުނިޔެ

ކެނެޑާގެ ރައްޔިތުންނަށް މެދުކަނޑާލާފައިވާ ފަތުރުވެރިކަމާއި ވިޔަފާރީގެ އީ-ވިސާ އިންޑިއާއިން އަލުން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެނެޑާގެ ސިކް ވަކިވެގަތުމުގެ ލީޑަރަކު މަރާލުމުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް އޮޓާވާ އިން ތުހުމަތު ކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާއިން ކެނެޑާގެ ޓޫރިސްޓުންނާއި ވިޔަފާރީގެ ދަތުރުވެރިންނަށް އީ-ވިސާ ދޫކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ.

Ads by WAMCO

މިކަމުގެ ސަބަބުން ނުތަނަވަސްކަން ކުޑަތަންކޮޅެއް ލުއިވެގެން ދާނެ ކަމަށް ބެލެވިފައިވީ ނަމަވެސް ކައިރި މުސްތަގުބަލެއްގައި ދެ ގައުމުގެ ގުޅުން މާ ބޮޑަށް ރަނގަޅުވާނެ ކަމަކަށް ނުބެލެވެ އެވެ.

ކެނެޑާގެ ރައްޔިތުންނަށް އީ-ވިސާގެ ހިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ނަމަވެސް މި ނިންމުމުގެ ސަބަބުން އޮޓާވާއާ އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވާނެ ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

އިންޑިއާއިން އީ-ވިސާ ދޫކުރަނީ ހަމައެކަނި ފަތުރުވެރިކަމާއި ކެނެޑާގެ ރައްޔިތުންނަށް ވިޔަފާރިކުރުމަށެވެ.

މިއީ މިދިޔަ ސެޕްޓެމްބަރު މަހު މެދުކަނޑާލި 13 ކެޓަގަރީގެ ތެރެއިން ހަތަރު ކެޓަގަރީއެއްގެ ދަށުން ނިއު ދިއްލީން އަލުން ވިސާ ދޭން ފެށިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކެނެޑާގެ ޕާލަމެންޓުގައި ވިދާޅުވެފައި ވަނީ ވެންކޫވާ އަވަށެއްގައި އުމުރުން 45 އަހަރުގެ ހަރްދީޕް ސިންގް ނިއްޖާރު މަރާލުމާ އިންޑިއާގެ ސަރުކާރުގެ އެޖެންޓުންނާ ގުޅުވައި އިތުބާރު ކުރެވޭ ތުހުމަތުތައް އޭނާގެ ސަރުކާރުން "އަމަލީ ގޮތުން ކުރަމުން އަންނަ" ކަމަށެވެ.

ނިއްޖާރަކީ ޒަމާނުއްސުރެ އިންޑިއާއަށް ތާއީދުކުރާ ބޭފުޅެއް ނަމަވެސް މިހާރު ޚާލިސްތާން ނަމަކަށް ކިޔާ އިންޑިޔާގެ މިނިވަން ޝިކް ވަޒަނެއް އުފެއްދުމަށް ވަރަށް ބޮޑަށް ޑިމާންޑް ކުރަމުން ދިޔަ ބޭފުޅެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!