ދުނިޔެ

ޕާކިސްތާނުގެ އިމްރާން ޚާންގެ މައްޗަށް ޖަލުގައި ކުރި ޝަރީއަތަކީ ގާނޫނާ ހިލާފު ޝަރީއަތެއް ކަމަށް ކަނޑައަޅައިފި: ވަކީލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޖަލުގެ ޝަރީއަތް ގާނޫނާ ހިލާފު ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށް އޭނާގެ ވަކީލް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިދިޔަ އަންގާރަ ދުވަހު ގާނޫނީ ވަކީލް ނައީމް ޕަންޖޫތާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމްރާން 2022 ވަނަ އަހަރު މަގާމުން ދުރުކުރުމަށް ފަހު ދައުލަތުގެ ސިއްރުތައް ހާމަކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހު އިމްރާންގެ މައްޗަށް އުފުލާފައިވާ ޖަލު ޝަރީއަތާ ދެކޮޅަށް އިސްލާމްއާބާދުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށެވެ.

އުމުރުން 70 އަހަރުގެ ކުރީގެ ކްރިކެޓް ތަރި މަގާމުން ވަކިކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ.

ޔޫކްރެއިންގައި ހިނގި ހަނގުރާމަ ފަދަ މައްސަލަތަކުގެ ސަބަބުން ވޮޝިންޓަނާއި އިމްރާންގެ ގުޅުން ހީނަރުވި ނަމަވެސް، އޭނާ މަގާމުން ދުރުކުރުމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

ވޮޝިންޓަނާއި އިސްލާމްއާބާދާ ދެމެދު ޑިޕްލޮމެޓިކް ކޭބަލެއް ލީކުކޮށްލި ކަމުގެ ތުހުމަތުގައި އިމްރާންގެ މައްޗަށް މިދިޔަ އޮކްޓޫބަރު މަހު ވަނީ ސަލާމަތީ ދައުވާއުފުލައިފަ އެވެ.

މިދިޔަ އަހަރު މަގާމުން ދުރުކުރި ފަހުން އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ކޯޓުތަކަށް އިހާނެތިކޮށް ހިތުމާއި "ޓެރަރިޒަމް" އަދި އިސްލާމްދީނަށް ފުރައްސާރަ ކުރުން ފަދަ ބޮޑެތި ގާނޫނީ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!